Wednesday, 9 September 2026
Ads by

ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ އިތުރުބުރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލައިފި

ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ އިތުރުބުރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލައިފި

2026 ޖޫން 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިތުރުބުރުގެ ވޯޓުލުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ކެންޑިޑޭޓުންގެ މަންދޫބުން، އޮބްޒާވަރުން އަދި މޮނިޓަރުންނަށްވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

Ad Image
Ads by

މި އިންތިޚާބުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2026 މޭ 25 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް އެ ފަރާތަކަށް ހަމަޖެހިފައިވާ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި އިތުރުބުރުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކަށްވެސް އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަންކުރުމުގެ ފުރުޞަތު ލިބިގެންވެއެވެ. މި އިންތިޚާބުގައި ޖުމްލަ 3 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން ކޮންމެ ފޮށްޓަކަށް މަންދޫބަކު އައްޔަންކުރެވޭނެއެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފާސް ދޫކުރުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އޮބްޒާވަރުންގެ ފާސް ދޫކުރާނީ ވޯޓު ފޮށީގެ އަދަދަށްވުރެ 10 އިންސައްތަ އިތުރުނުވާ ގޮތަށެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކަށާއި ޚަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރުކުރުމަށް ފާސް ދޫކުރެވޭނީ، ކޮންމެ ސަރަޙައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށެވެ. ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުންވެސް އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެއް އޮބްޒާވަރަކަށާއި އެއް މޮނިޓަރަކަށެވެ.

ފޯމު ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ އަންނަނިވި ގޮތަށެވެ:

ކެންޑިޑޭޓުންގެ މަންދޫބުން: ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކެންޑިޑޭޓުން ހުށަހެޅުން.

އޮބްޒާވަރުންނާއި މޮނިޓަރުން (ޖަމިއްޔާ/މީޑިއާ): ކަނޑައަޅާފައިވާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް މައި ޕޯޓަލްއިން ހުށަހެޅުން.
ސިޔާސީ ޕާޓީތަކުގެ އޮބްޒާވަރުން: ސިމެދަ ޕޯޓަލް simedha.elections.gov.mv މެދުވެރިކޮށް ހުށަހެޅުން.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ 2026 ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ. ވޯޓުލުމަށްޓަކައި ދ. މީދޫގައި ހުންނަ ދ. އަތޮޅު މަދަރުސާގައި 2 ވޯޓު ފޮށި އަދި މާލޭގައި ހުންނަ ދަރުމަވަންތަ ސްކޫލްގައި 1 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިޚާބަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ދަށުން ބޭއްވޭ އިންތިޚާބެކެވެ. އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި