Wednesday, 9 September 2026
Ads by

3 ރައީސުންގެ ނިންމުންތައް ތަންފީޒުކުރުމަށް އެއްބާރުލުންދޭން ޕީއެންއެފްގެ ސެނެޓުން ނިންމައިފި

3 ރައީސުންގެ ނިންމުންތައް ތަންފީޒުކުރުމަށް އެއްބާރުލުންދޭން ޕީއެންއެފްގެ ސެނެޓުން ނިންމައިފި

ކުރީގެ 3 ރައީސުން--- ފޮޓޯ: ސަން

ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން އިބްރާހިމް މުޙައްމަދު ޞާލިޙާއި ތިން ބޭފުޅުން ނިންމަވާ ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްއިން ދީފިއެވެ.

Ad Image
Ads by

ޕީއެންއެފްއިން މިކަން މިގޮތަށް ކުރުމަށް ނިންމާފައިވަނީ އެ ޕާޓީގެ ސެނެޓުގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. ޕީއެންއެފްގެ މި ނިންމުން ފާސްވީ ސެނެޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މިކަމާ ގުޅިގެން ޕީއެންއެފްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުރީގެ ތިން ރައީސުން ގުޅިގެން އެކުގައި ފެއްޓެވި މި މަސައްކަތްތަކަށް އެއްބާރުލުން ދޭން ނިންމީ ސަރުކާރުގެ އަމަލުތައް ހުރިގޮތުގެ ސަބަަބުން ކަމަށެވެ. އެ ޕާޓީން ނެރެފައިވާ ބަޔާނުގައިވާ ގޮތުން، ދައުލަތުގެ އެންމެހައި ބާރުތަކެއް ފެށިގެން އަންނާނީ ވެސް އަދި ދެމި އޮންނާނީ ވެސް، ރައްޔިތުންގެ ކިބައިން ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް ދައުލަތް ހިންގުމުގެ ދުސްތޫރީ އޮނިގަނޑުން ބޭރުން ސަރުކާރުން ކަންކަން ކުރަމުންދާ ކަމަށާއި އެގޮތުން ޝަރުއީ ނިޒާމަށް ވެރިކަމުގެ ބާރުން ބާރު ފޯރުވުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ޕީއެންއެފްއިން ތުހުމަތު ކުރާ ގޮތުގައި، މި ސަރުކާރުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ފަނޑިޔާރުގެއާއި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން، ގެއްލުވާލައި ދައުލަތުގެ ބާރުތަކުގެ މައްޗަށް އޮތް ފާރަވެރިވުމުގެ ނިޒާމު ހަލާކުކޮށްލަމުންނެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށް ހެޔޮވެރިކަމުގެ ނިޒާމު ހީނަރުކޮށް، ހުދުމުހުތާރު، އަދި އަނިޔާވެރި، ވެރިކަމަކަށް ގައުމުގެ މިސްރާބު ބަދަލުވެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

އަދިހަމައެހެންމެ، ގާނޫނުތަކުން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފާޅުކަން ބޮޑުގޮތެއްގައި އަރައިގަނެ އެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ވެސް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

މި ސަރުކާރުގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް ޕީއެންއެފްއިން ކޮށްފައިވާއިރު، އެ ތިން ރައީސުންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވުމާއި، ވައްކަމާއި ކޮރަޕްޝަންގެ އިތުރުން ޝަރުއީ ނިޒާމަށް ނުހައްގުން ބާރު ފޯރުވުން ފަދަ އެތަށް އަމަލެއް ފާޅުގައި ހިންގާފައިވާތީ ރައްޔިތުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި