Sunday, 25 October 2026
Ads by

ޒަކާތު ފަންްޑުން މިދިޔަ އޭޕްރީލް މަހު އެންމެ ބޮޑު ހޭދައެއް ކުރީ ބޭސް ފަރުވާއަށް

ޒަކާތު ފަންްޑުން މިދިޔަ އޭޕްރީލް މަހު އެންމެ ބޮޑު ހޭދައެއް ކުރީ ބޭސް ފަރުވާއަށް

ޒަކާތް ދެއްކުމުގެ ކަންކަން ކުރިއަށްދަނީ---

ހުސްވި އޭޕްރީލް މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ad Image
Ads by

މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހުސްވި އޭޕްރީލް މަހު ޖުމްލަ 3,811,259.91 ރުފިޔާ ވަނީ ހޭދަކޮށްފައިވާއިރު، އޭގެ ކުރީ އަހަރު ހޭދަކޮށްފައިވަނީ 2,828,118.28 ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެއްކަން ފާހަގަކޮށްލަންޖެހެއެވެ.

މިދިޔަ އޭޕްރީލް މަހު ކޮށްފައިވާ ހޭދަތަކަށް ބަލައިލާއިރު، ޒަކާތު ހައުސްއިން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތައުލީމީ ދާއިރާއަށާއި، ކީރިތި ޤުރްއާނާ ގުޅުންހުރި ޕްރޮގުރާމްތަކުގެ އިތުރުން އިޖުތިމާއީ ފައިދާއަށް ހިންގާ ހަރަކާތްތަކަށެވެ. ފަގީރުންނާއި މިސްކީނުންގެ ބައިން ކުރި ހޭދައަށް ބަލައިލާއިރު، މިދިޔަ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ކޮށްފައިވަނީ 1,179,397.99 ރުފިޔާއެވެ. ނަމަވެސް މިދިޔަ މަހު މި އަދަދު ވަނީ 1,449,239.39 ރުފިޔާއަށް އިތުރުވެފައެވެ.

މި ބައިގެ ތެރެއިން، ޒަރޫރީ ބޭނުންތަކަށް ދިން އެހީ 42,500 ރުފިޔާއިން 182,731 ރުފިޔާއަށް ވަނީ އިތުރުވެފައިވާއިރު، ބޭސްފަރުވާގެ އެހީއަށް ކުރި ހޭދަ ވަނީ 1,136,897.99 ރުފިޔާއިން 1,266,508.39 ރުފިޔާއަށް އިތުރުވެފައެވެ.

ޒަކާތުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަތައް ހިމެނޭ ”ޢާމިލުން“ ގެ ބައިން ކޮށްފައިވާ ހޭދަތައް މި އަހަރު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު މި ބައިން 483,077.82 ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ މަހު މި އަދަދު ވަނީ 195,003.79 ރުފިޔާއަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތައިގެ ދަށްވުމެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ޒަކާތު ހައުސްއިން ބުނި ގޮތުގައި، ހުސްވި އޭޕްރީލް މަހު އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައިވަނީ ”ފީސަބީލިﷲ“ ބައިން ކުރި ހޭދަތަކަށެވެ. އެގޮތުން މި ދާއިރާއަށް ކުރި ހޭދަ 2025 ވަނަ އަހަރުގެ އެޕްރީލް މަހު 1,103,590.47 ރުފިޔާގައި ހުރިއިރު، މިދިޔަ މަހު ވަނީ މި އަދަދު 2,167,016.73 ރުފިޔާއަށް އިތުރުވެފައެވެ. ސަބަބަކީ އިސްލާމީ ތައުލީމާއި ޤުރްއާނުގެ އިލްމު ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ފުޅާވެފައިވުން ކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.

މި ބައިން ހޭދަކުރި މައިގަނޑު ދާއިރާތަކަށް ބަލައިލާއިރު، މަތީ ތައުލީމު ފުރިހަމަކުރުމަށް 290,274.76 ރުފިޔާގެ އެހީ ވަނީ ދީފައެވެ. ޙާފިޛުން އުފެއްދުމުގެ ޕްރޮގްރާމްތަކާއި ޤުރްއާނުގެ އިލްމު ފެތުރުމަށް 1,093,749.47 ރުފިޔާގެ އެހީ ދީފައިވާއިރު އަތޮޅު ތެރޭގައި ޤުރްއާން ސެންޓަރުތައް ބިނާކުރުމަށް 782,992.50 ރުފިޔާގެ އެހީ ވަނީ ދީފައެވެ.

ދަތުރުވެރިންނަށް ދޭ އެހީގެ ބަޔަށް ބަލައިލާއިރު، ”އިބްނުއްސަބީލް“ ގެ ބައިން މިދިޔަ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ 62,052 ރުފިޔާ ހޭދަކޮށްފައެވެ. ނަމަވެސް މިދިޔަ މަހު މި ބައިން އެއްވެސް ހަރަދެއްކޮށްފައެއް ނުވެއެވެ.

ޒަކާތު ހައުސްއިން މިހާރު ވަނީ މުދަލު ޒަކާތުގެ ތަފާސްހިސާބުތައް ވެސް އާންމުކޮށްފައެވެ. އެގޮތުން މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 ދިވެހި ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅައިބަލާއިރު 53.8 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 8.9 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި