Saturday, 24 October 2026
Ads by

އިންޑިއާގައި ވަޒީފާއަދާނުކުރާ ޒުވާނުންނަކީ ކުރަފިތަކެއް ގޮތަށް ސިފަކުރުމުން ”ކޮކްރޯޗް ޖަނަތާ ޕާޓީ“ ވައިރަލްވެއްޖެ

އިންޑިއާގައި ވަޒީފާއަދާނުކުރާ ޒުވާނުންނަކީ ކުރަފިތަކެއް ގޮތަށް ސިފަކުރުމުން ”ކޮކްރޯޗް ޖަނަތާ ޕާޓީ“ ވައިރަލްވެއްޖެ

ކޮކްރޯޗް ޖަނަތާ ޕާޓީގެ ވެބްސައިޓުގައިވާ އޭއައި ފޮޓޮއެއް

މިދިޔަ ހަފުތާގައި އިންޑިއާގެ ޗީފް ޖަސްޓިސް ސޫރިޔަކާންތު ކުރެއްވި ބުނެފައިވާ ބުނުމަކާއި ގުޅިގެން އިންޑިއާގައި ”ކުރަފި“ ވަނީ ވަރަށް ބޮޑަށް ވައިރަލް ވެގެން ގޮސްފައެވެ. އަޑުއެހުމެއްގެ ތެރޭގައި އޭނާ ބުނެފައިވަނީ، ވަޒީފާއެއް ނެތި ނޫސްވެރިކަމާއި އެކްޓިވިޒަމްގެ ތެރެއަށް ވަންނަމުންދާ ޒުވާނުންނަކީ ކުރަފި އަދި ޕެރަސައިޓުންގެ ގޮތުގައި ސިފަކޮށްފައެވެ.

Ad Image
Ads by

ފަހުން ސޫރިޔަކާންތު ވަނީ އެ ވާހަކަ ސާފުކޮށްދެމުން، އެއީ އާންމުކޮށް އިންޑިއާގެ ޒުވާނުންނަށް ނިސްބަތްކުރި ވާހަކައެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ”އޮޅުވާލައިގެން ހަދާފައިވާ ފޭކް ސަނަދުތައް“ ގެންގުޅޭ މީހުންނަށް އަމާޒުކުރި ވާހަކައެއް ކަމަށް ބުނެފައެވެ.

މިކަން ވައިރަލް ވުމާއެކު އުފެދިގެންދިޔަ ”ކޮކްރޯޗް ޖަނަތާ ޕާޓީ“ (ސީޖޭޕީ) ނަމަކީ 2014 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އަންނަ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރުމުގެ ގޮތުން ބޭނުންކުރާ ނަމެކެވެ. ފާޑުކިޔާ ފަރާތްތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، ބީޖޭޕީގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި މަދަނީ މިނިވަންކަން ވަނީ ދަށަށް ގޮސްފައެވެ.

މިއަދު ސީޖޭޕީގެ އިންސްޓަގްރާމް އެކައުންޓްގެ ފޮލޯވަރުންގެ އަދަދު 10 މިލިއަނަށްވުރެ މައްޗަށް އަރައި ވަނީ ބީޖޭޕީގެ ރަސްމީ އެކައުންޓަށްވުރެ ކުރި ހޯދާފައެވެ. މެންބަރުންގެ އަދަދަށް ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ބެލެވޭ ބީޖޭޕީގެ އިންސްޓަގްރާމްގައި ތިބީ 8.7 މިލިއަން ފޮލޯވަރުންނެވެ.

ގިނަ ޒުވާނުންނާއި އިދިކޮޅު ފަރާތްތަކުން އޮންލައިންކޮށް ”ކުރަފި“ ބޭނުންކުރަމުން ޝުއޫރު ފާޅުކުރަން ފާށާފައިވީ ހިނދު 200,000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި ސީޖޭޕީގެ ޓުވިޓާ އެކައުންޓު ވަނީ އިންޑިއާގައި ބޭންކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ދެކުނު އޭޝިއާގެ “ޖެންޒީ“ ހަޅުތާލުތަކުގެ ސަބަބުން ވަނީ ސްރީ ލަންކާ، ނޭޕާލް، އަދި ބަންގްލަދޭޝްގެ ވެރިކަން ވައްޓާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި