Sunday, 26 July 2026
Ads by

”ނޭޝަން ޗެޓް“: ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސްގެ ޚާއްޞަ ޕްރޮގްރާމް މިރޭ ފަށަނީ

”ނޭޝަން ޗެޓް“: ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސްގެ ޚާއްޞަ ޕްރޮގްރާމް މިރޭ ފަށަނީ

ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ޕީއެސްއެމް ނިއުސްއިން އަލަށް ފަށާ ”ނޭޝަން ޗެޓް“ ޕްރޮގްރާމް މިރޭ ފެށުމަށް ހަމަޖެހިއްޖެއެވެ.

Ad Image
Ads by

މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ. މި ޕްރޮގްރާމުގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޕްރޮގްރާމަކީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުންނަށް ގެނެސްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މިރޭގެ އެޕިސޯޑުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި، ޤައުމުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ޞިއްޙީ ދާއިރާ އާއި އިޖުތިމާޢީ އެކި މައްސަލަތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ. އަދި ވަޠަނީ ޚިދުމަތާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއްވެސް މި ޕްރޮގްރާމުގެ ތެރެއިން ހިއްސާކުރައްވާނެއެވެ.
”ނޭޝަން ޗެޓް“ ޕްރޮގްރާމް މިރޭ 9:00 އިން ފެށިގެން ޕީއެސްއެމް ނިއުސް، ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުން އެއްވަގުތެއްގައި ބްރޯޑްކާސްޓް ކުރާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ސަރުކާރުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން، ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމާއި ސަރުކާރުން ހާމަކުރަން ބޭނުންވާ މުހިންމު ކަންކަން ހިއްސާކުރެއްވުމަކީ އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި