Sunday, 25 October 2026
Ads by

މީދޫ ރައްޔިތުން ބޭނުންވީ ބަނދަރަށް ބަދަލުތައް ގެންނަން، ރައީސް ދެއްވީ އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން

މީދޫ ރައްޔިތުން ބޭނުންވީ ބަނދަރަށް ބަދަލުތައް ގެންނަން، ރައީސް ދެއްވީ އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން

ރައީސް މުޢިއްޒު ރ. މީދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ މީދޫގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ad Image
Ads by

އެކަމުގެ ޔަގީންކަން ރައީސް ދެއްވާފައި ވަނީ މިރޭ މީދޫ ކައުންސިލުގެ މެންބަރުންނާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބަނދަރުގެ ސައިޒު ބޮޑުކޮށް، ބަނދަރަށް ގެންނަންވާ ބަދަލުތަކާއި ހޮސްޕިޓަލެއްގެ މުހިންމުކަމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާއި ރަށުން ބިން ހިއްކެން އޮތް މިންވަރެއްގެ ބިން ހިއްކުން ހިމެނެއެވެ. އެ ކަންކަމުގެ އިތުރުން މިހާރު ނުހެދި ހުރި މަގުތައް ހެދުމުގެ މުހިންމުކަމާއި އިންޑޯ ކުޅިވަރުތައް ކުޅޭނެ ތަނެއްގެ އިތުރުން އިސްލާމީ މަރުކަޒެއް އަދި ޑޮލަރު އޭޓީއެމްއެއްގެ މުހިންމުކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވާ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި