Sunday, 27 September 2026
Ads by

”ޗެއަރޕާސަން އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން، ފުރުސަތު ދޭންވީ ޒުވާނުންނަށް“

”ޗެއަރޕާސަން އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން، ފުރުސަތު ދޭންވީ ޒުވާނުންނަށް“

ކުރީގެ 2 ރައީސުން އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން----

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، މިފަދަ ފުރުސަތުތަކަކީ ޒުވާނުންނަށް ދޭންޖެހޭ ފުރުސަތުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު (އިބޫ) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިބޫ މި މޭރުމުން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ ޅ. ހިންނަވަރުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި، ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، މި ވަގުތަކީ އެމްޑީޕީގެ ލީޑަރޝިޕަށް އާ ބަޔަކު ގެނެސް، އެ ފަރާތްތަކާއެކު ހެޔޮ ބަދަލުތައް ގެންނަން މަސަައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

އެހެންކަމުން މި އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ، ދިވެހިރާއްޖޭގައި ވޯޓުލުމުގެ ހައްގު ލިބޭ ޒުވާނުންގެ އަދަދު ނިސްބަތުން އިތުރުވަމުން އަންނަ ކަމަށާއި، ކަން މިހެން އޮތް އިރު އެމްޑީޕީގެ ލީޑަރޝިޕްގައި ޒުވާން ބޭފުޅުން ހަރަކާތްތެރި ނުވާ ނަމަ އެއީ ޖީލަކަށް އޮތް ފުރަސެތެއް ހަނިކޮށް ގެއްލުވާލުން ކަމަށެވެ. ހަމައެހެންމެ، 30 އަހަރުވަންދެން ރާއްޖޭގެ ވެރިކަން އެއް ބޭފުޅަކު ކުރެއްވުމުގެ ސަބަބުން ދިމާވި ފަދަ މައްސަލަތައް އެމްޑީޕީ ތެރޭގައި ދިމާވުމަށް ނޭދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

”ރާއްޖެ ދުށް 30 އަހަރުގެ ވެރިކަމުގެ ސަބަބުން ދިމާވި މައްސަލަތައް އެމްޑީޕީގެ ތެރެއިން ފެންނާކަށް އަޅުގަނޑެއް ބޭނުމެއް ނޫން. އެހެންވީމަ އެހެން ބަޔަކަށް މި ފުރުސަތު ދީފައި އަޅުގަނޑުމެން އެ ބަޔަކާ އެކު ކުރިއަށް ދާންވީ،“ – އިބޫ ވިދާޅުވިއެވެ.

އަންނަ ޖޫން މަހު އެމްޑީޕީއަށް 21 އަހަރު ފުރޭނެކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ، އެ ދުވަހު އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންވާ މަންޒަރަކީ އެ ޕާޓީން އިންތިހާބުވި ދެ ރައީސުންނާއި މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުން އަދި ޕާޓީގެ ޗެއަރޕާސަންކަން ކުރެއްވި ހުރިހާ ބޭފުޅުން އެއް ތަނެއްގައި އަތުރާލައި، އާ ލީޑަރުންނަށް ޕާޓީގެ ހިނގުން ހަވާލުކުރުން ކަމަށެވެ.

އިބޫގެ މި ވާހަކަތަކުގެ ސަބަބުން އެމްޑީޕީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އިބޫއަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށްފައެވެ. އެގޮތުން އެމްޑީޕީގެ އާންމު މެންބަރުންގެ ތާއީދު ގެއްލިފައިވާ ބޭފުޅަކު މިފަދަ ވާހަކަދެއްކުމަކީ ރީތި ގޮތެއް ނޫން ކަމަށާއި، ދައްކަންޖެހޭ ވާހަކަތަކާއި ދައްކަންނުޖެހޭ ވާހަކަތައް ނުދެއްކުމަށް ގިނަ ބަޔަކު އަންނަނީ އިބޫއަށާއި މީކާއިލްއަށް ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި