Sunday, 25 October 2026
Ads by

ހުއްދަ ނެތި އެތެރެކޮށް ވިއްކާ 21 ބޭހެއްގެ މައުލޫމާތު އެމްއެފްޑީއޭއިން އާއްމުކޮށްފި

ހުއްދަ ނެތި އެތެރެކޮށް ވިއްކާ 21 ބޭހެއްގެ މައުލޫމާތު އެމްއެފްޑީއޭއިން އާއްމުކޮށްފި

ކަމާގުޅޭ އިދާރާގެ އެއްވެސް ހުއްދައެއް ނެތި ރާއްޖެއަށް އާއްމުކޮށް އެތެރެކޮށްގެން ވިއްކަމުންދާ 21 ބޭހެއްގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އާއްމުކޮށްފިއެވެ.

Ad Image
Ads by

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ބޭސް އެތެރެކުރަންވާނީ ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް، ”އެޕްރޫވްޑް ޑްރަގް ލިސްޓު“ ގައި ހިމެނޭ ބޭސްތައް ކަމަށެވެ. ނަމަވެސް، ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ތަފާތު ބާވަތްތަކުގެ ބޭސް ރާއްޖެއަށް އިމްޕޯޓުކޮށް، އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މިގޮތުން އެމްއެފްޑީއޭއިން މިއަދު އާއްމުކުރި ލިސްޓުގައި ހިމެނެނީ ތަދުތަކަށް އުނގުޅާ ބޭހާއި، ހަމުގެ ބަލިތަކަށް ބޭނުންކުރާ ބޭހުގެ އިތުރުން ރޯގާ އަދި ހަކުރު ބައްޔަށް ބޭނުންކުރާ ބޭސްތަކެކެވެ.

އެ އިދާރާއިން ބުނި ގޮތުގައި މި ބޭސްތަކަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވޭ ބާވަތްތަކެއް ނޫނެވެ. އަދި ރަޖިސްޓްރީ ނުކޮށް އެތެރެކުރާ މިފަދަ ތަކެއްޗަކީ އޭގެ ފެންވަރާއި ރައްކާތެރިކަން އެއްވެސް ވަރަކަށް ކަށަވަރު ކުރެވިފައިވާ ތަކެތި ނޫންކަމަށްވެސް އެމްއެފްޑީއޭއިން ބުނެއެވެ.

”މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވަތްތައް އިމްޕޯޓުކޮށް ވިއްކުމުން އެ ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާ ފަދަ ބޮޑެތި، ސިއްހީ ނުރައްކަލަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ،“ އެމްއެފްޑީއޭގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، މިފަދަ ތަކެތި ރާއްޖެއަށް އިމްޕޯޓުކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ނަންބަރު 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި