އެމެރިކާއިން ކިއުބާގެ ވެރިންނަށް ޕްރެޝަރުކުރަމުންދާ ދަނޑިވަޅެއްގައި އެމެރިކާ އަސްކަރިއްޔާގެ ޖެޓުތަކާއި ޑްރޯންތައް ކިއުބާގެ ކައިރިން ދަތުރުކުރާކަމަށް މަތިންދާބޯޓުތައް ޓްރެކްކުރާ ސައިޓުތަކުން ދައްކަން ފަށައިފިއެވެ. މި ސާވައިލެންސް ދަތުރުތައް އެމެރިކާއިން ދަނީ ސިއްރުކުރަން މަސައްކަތްނުކޮށް ފާޅުގައި ފެންނާނެހެން ކުރަމުންނެވެ.
އިނގެރޭސިވިލާތުގެ ޑްރޯންގެ ކަންކަމުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްޓީވް ރައިޓް ބުނެފައިވާ ގޮތުގައި ފްލައިޓުތައް ޓްރެކްކުރުމަށް ބޭނުންކުރާ ޓްރާންސްޕޮންޑާތައް އެމެރިކާއިން ގަސްތުގައި ނިއްވާ ނުލުމަކީ އެމެރިކާއިން ކިއުބާގެ ވައިގެ ސަރަހައްދު ބަލަމުންދާކަމުގެ މެސެޖެއްދިނުމަށް ގަސްތުގައި ކޮށްފައިވާ ކަމެއްކަމަށެވެ.
މި ބޯޓުތައް ކިއުބާ ކައިރިން ފެނިފައިވަނީ ކިއުބާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ގުޅިގެން، ފަހަކަށް އައިސް އެމެރިކާއާއި ކިއުބާއާ ދެމެދު އޮތް ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.












