Wednesday, 9 September 2026
Ads by

ދިރާގާއި މަސްވެރިންގެ ޖަމުޢިއްޔާ ގުޅިގެން ބޭއްވި ’ޔަންގް ފިޝަރސް ކްލަބް‘ ނިންމާލައިފި

ދިރާގާއި މަސްވެރިންގެ ޖަމުޢިއްޔާ ގުޅިގެން ބޭއްވި ’ޔަންގް ފިޝަރސް ކްލަބް‘ ނިންމާލައިފި

ދިރާގާއި މަސްވެރިންގެ ޖަމުޢިއްޔާ ގުޅިގެން ބޭއްވި 'ޔަންގް ފިޝަރސް ކްލަބް' ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ދިރާގު

ދިރާގާއި ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމުޢިއްޔާއިން ގުޅިގެން ކުރިއަށް ގެންދިޔަ ’ޔަންގް ފިޝަރސް ކްލަބް‘ ނިންމާލައިފިއެވެ.

Ad Image
Ads by

ހއ. އިހަވަންދޫ ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ސްކޫލުގެ 25 އަންހެން ދަރިވަރުންނާއި 10 ފިރިހެން ދަރިވަރުން ހިމެނޭ ގޮތަށް ޖުމްލަ 35 ދަރިވަރުން ވަނީ މި ޕްރޮގްރާމުން ދަސްވެނިވެފައި ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނެފައި ވަނީ މި ޕްރޮގްރާމް މެދުވެރިކޮށް މަސްވެރިކަމާއި ކަނޑުގެ މާޙައުލާއި ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތަޢާރަފުކޮށް އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، އެ އާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން ފެތުމާއި ސްނޯކްލިންގ އަދި އިސްނެގުމާ އެކުގައި މަސައްކަތް ކުރުން ފަދަ ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށް އަލިއަޅުވާލާފައިވާ ކަމަށް ދިރާގުން ބުނެއެވެ. އެ ކުންފުނިން ބުނީ މި ހުނަރުތައް ކުދިންނަށް ދަސްކޮށްދީފައި ވަނީ ޢަމަލީ ތަޖުރިބާ އާއެކު މިކަމުގެ މާހިރުންގެ އިރުޝާދުގެ ދަށުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމުޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ޝާކިރު މުޙައްމަދު ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމި ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ހާޞިލުކުރެވުނީ އެ ޖަމުޢިއްޔާއިން ޒުވާނުން މަސްވެރިކަމުގެ ސިނާއަތަށް ޝައުޤުވެރި ކުރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. ޝާކިރުގެ ވާހަކަފުޅުގައި މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަކީ މުސްތަގުބަލުގައި އިހަވަންދޫ ސްކޫލުގައި ހިންގާ ކްލަބުގެ ހަރަކާތްތަކުގަ އާއި އެހެނިހެން ސްކޫލުތަކުގައި ހިންގާ ޔަންގް ފިޝަރސް ކްލަބުގެ ހަރަކާތްތަކުގައި ލީޑަރުންގެ ގޮތުގައި ފެނިގެން ދިއުމަށް އުންމީދުކުރާ ކަމުގައި ވިދާޅުވިއެވެ.

”’ޔަންގް ފިޝަރސް ކްލަބް‘ އަކީ މި ސްކޫލަށް ލިބުނު ރަނުގެ ފުރުސަތެއް. ތިމާވެއްޓާއި މަސްވެރިކަމާއި ކަނޑުފަޅާއި އޮޔާއި ވައިގެ އަސަރުތައް ދަރިވަރުންނަށް ޕްރޮގްރާމް މެދުވެރިކޮށް ތަޖުރިބާ ކުރެވުނު. އަދި ތިމާވެއްޓާއި ކަނޑުތައް ހިމާޔަތް ކުރުމަށްޓަކައި މުރަކަ އިންދާ ހައްދާނެ ގޮތާއި ފަރުތައް ހިމާޔަތްކުރުމާއި ގުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުން ކުރާނެ ގޮތްތަކާ މެދު ކުދިންގެ ޝައުގުވެރިކަން އުފެދުނު. އަދި ނަތީޖާއެއްގެ ގޮތުން ސްކޫލް ކަރިކިއުލަމް ތަންފީޒު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެން ދިޔަ.“ – އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙުމަދު ރަޝީދު

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރ، އަބްދުﷲ ޞާދިޤު ވިދާޅުވީ މި ޕްރޮގްރާމުން ދަސްވެނިވި 35 ދަރިވަރުންގެ ތެރެއިން 25 ދަރިވަރުންނަކީ އަންހެން ކުދިން ކަމަށެވެ. މިއީ މި ޕްރޮގްރާމުން ދެ މިންތިއަށް އިސްކަންދޭކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށާއި މަސްވެރިކަން ފަދަ ދިވެހިރާއްޖޭގެ އަސާސީ ސިނާއަތެއްގައި ދެ މިންތީގެ ހަމަހަމަ ބައިވެރިވުމާއި ތަމްސީލު ކުރުމަށް މަގުފަހިކޮށްދިނުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަންގް ފިޝަރސް ކްލަބުގައި ބައިވެރިވި ދަރިވަރުން ވަނީ މި ޕްރޮގްރާމުގެ ސަބަބުން ބަޔޯޑައިވަރސިޓީ އާއި މަސްވެރިކަމާއި މޫސުމާ ގުޅުންހުރި އަގުހުރި ހުނަރުތަކާ އެއްކޮށް މަސައްކަތް ކުރުމާއި އިސްނެގުން ފަދަ ހުނަރުތައް ދަސްވި ކަމަށް ބުނެފައެވެ. މި ސެޝަންތަކުގައި ދަރިވަރުންނަށް ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާއި ކަނޑުގެ މާޙައުލާއި މޫސުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ޑިޒާސްޓަރ މެނޭޖްމެންޓް އާއި ބަޔޯޑައިވަރސިޓީ އާއި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ފަސްޓް އެއިޑް، މަސްވެރިކަން މެނޭޖްކުރުމާއި ޕޯސްޓް ހާރބަޓް ޓެކްނޮލޮޖީ އާއި ނެވިގޭޝަން އަދި ކޮމިއުނިކޭޝަން ސްކިލްސް ދަސްކޮށްދީފައިވެއެވެ.

ދިރާގުން ބުނި ގޮތުގައި ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުވާ ތިމާވެށި ހިމާޔަތް ކުރުމަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމުގައި ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވިފައިވާ ދާއިރާތަކެއް ކަަމަށާއި އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަނޑުތައް ހިމާޔަތް ކުރުމާއި ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމުތަކަށް އެއްބާރުލުން ދިނުމަށް ކަމުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި