ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްގެ ބޭސް ފިހާރަތަކަށް ފާމަސިސްޓުން ހޯދަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.
ސަރުކާރުގެ ބޭސް ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ފާމަސިސްޓުންނާއި ފާމަސިސްޓުންގެ އެސިސްޓެންޓުންގެ ގޮތުގައި މާލޭ ސަރަހައްދުގައި ގާއިމުކުރާ އެ ކުންފުނީގެ ބޭސް ފިހާރަތަކުގައި މަސައްކަތް ކުރާނެ 19 މީހަކު ބޭނުންވާ ކަމަށެވެ.
ފާމަސިންސްޓުންނާއި ފާމަސިންޓުންގެ އެސިްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކަށް ބަލައިލާއިރު:
- ފާމަސީގެ ރޮނގުން ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާ ހާސިލުކޮށްފައިވުން
- ދާއިރާގައި 1 އަހަރާއި 4 އަހަރުގެ ތަޖުރިބާ ލިބިފައި ހުރުން
ބޭސް ލިބުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެންނަން ސަރުކާރުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ނަމުގައި ކުންފުންޏެއް އުފެއްދީ މިދިޔަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ނަމަވެސް އެ ކުންފުނީގެ ދަށަށް ބޭހާ ގުޅޭ ހުރިހާ މަސައްކަތެއް ބަދަލުކުރެވޭނީ އަންނަ ޖުލައި މަހުން ފެށިގެން ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.












