Sunday, 25 October 2026
Ads by

ޢީދު ބަންދުގައި ބޭންކުތައް ހުޅުވާނީ މި މަހުގެ 28 ވަނަ ދުވަހު: އެމްއެމްއޭ

ޢީދު ބަންދުގައި ބޭންކުތައް ހުޅުވާނީ މި މަހުގެ 28 ވަނަ ދުވަހު: އެމްއެމްއޭ

އެމްއެމްއޭގެ މައި އިދާރާ--- ފޮޓޯ: އެކި އެމްވީ

މިއަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް، ބަންދު ދުވަސްތަކުގެ ގޮތުގައި ހަތް ދުވަސް ލިބުނު ނަމަވެސް، މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެމްއެމްއޭއިން ބުނެފައިވަނީ، މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދުވި ނަމަވެސް، އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ބޭންކުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދުވަހު ބޭންކުތައް ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށެވެ.

އެމްއެމްއޭއިން ބުނީ، އެ ދުވަހު ބޭންކުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވީ ނަމަވެސް، ވަކިލާރިއާއި ނަގުދު ފައިސާ ދޫކުރުމަށް ހަމަޖެހިފައިނުވާ ކަމަށެވެ. ކަން މިހެން އޮތުމުން، މި ހަފުތާގެ ތެރޭގައި ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ މިންވަރަށް ވަކިލާރިއާއި ނަގުދު ފައިސާ ހޯދުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް ގިނަ ދުވަސްތަކެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވައިފައެވެ. މިކަން މިގޮތަށް ނިންމެވީ އާއިލާއާއެކު ގިނަ ވަގުތު ހޭދަކުރުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި