Sunday, 26 July 2026
Ads by

އުރީދޫ އަތޮޅު ދުވުން: މާރޗު މަހުގެ އެއްވަނައަށް ދާ ފަރާތަށް ޢުމްރާ ދަތުރެއް

އުރީދޫ އަތޮޅު ދުވުން: މާރޗު މަހުގެ އެއްވަނައަށް ދާ ފަރާތަށް ޢުމްރާ ދަތުރެއް

މާރޗު މަހު އަތޮޅު ދުވުން ކުޅެގެން އެއްވަނައަށް ދާ ފަރާތަށް ޢުމްރާ ދަތުރެއް ދިނުމަށް އުރީދޫން ވަނީ ނިންމާފައި - ފޮޓޯ:އުރީދޫ

މާރޗު މަހު އަތޮޅު ދުވުން ކުޅެގެން ލީޑަރބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަށް ޢުމްރާ ދަތުރެއް ދިނުމަށް އުރީދޫ މޯލްޑިވްސްއިން ނިންމައިފިއެވެ.

Ad Image
Ads by

”އަތޮޅު ދުވުން“ އަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަރ ގޭމެވެ. އުރީދޫން ބުނީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، ”ހަސަނަށް ފޯނެއް“ ގެ ދަތުރުގައި މި ފަހަރު ރާއީ ދުވެފައި ދާނީ ރާއްޖޭގެ އުތުރުން ދެކުނަށް ކަމަށާއި ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވެލްއެއް އަންލޮކް ވެގެން ދާނެ ކަމަށެވެ. ގޭމްގެ މާރޗު މަހުގެ އަޕްޑޭޓް މިހާރު ލިބޭނެ ކަމަށާއި އެޕަލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭސްޓޯރުން ”އަތޮޅު ދުވުން“ ޑައުންލޯޑު ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އަތޮޅު ދުވުމުގެ މާރޗު މަހުގެ ޕާޓްނަރަކީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑެވެ. މި ޕާޓްނަރޝިޕުގެ ދަށުން އުރީދޫ އާ ގުޅިގެން މި މަހުގެ ލީޑަރބޯޑުގެ އެއްވަނައަށްދާ ފަރާތަކަށް ޢުމްރާ ދަތުރެއް (ދެ މީހަކަށް) ލިބިގެންދާނެއެވެ. އުރީދޫން ބުނެފައި ވަނީ ގޭމްގެ ތެރެއިން ބޯނަސް ޑޭޓާ އަދި މޫލީ ވައުޗަރ ލިބުމުގެ ފުރުސަތުވެސް މި މަހު ލިބިގެންދާނެ ކަމަށެވެ.

މި ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާ ލެވެލްއެއްގައި އާ ރަށަކަށް ދަތުރު ކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެ މަހަކު ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެ ކަމަށާއި މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައެވެ. މި އަހަރުގެ ކަލަންޑަރ އަދި ގޭމް ތައްޔާރުކޮށްފައި ވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓީމުން ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނެފައި ވަނީ މާރޗު މަހުގައި އަތޮޅު ދުވުމުގައި ފެނިގެން ދާނީ ނ. ލަންދޫ ކަމަށެވެ. ލަންދޫއަކީ ޒަމާނުއްސުރެ ގަލު ވަޑާމަށް މަޝްހޫރު ރަށެކެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ކުއްޅަވަށް އުފެދޭ އަދި ކުއްޅަވަށް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރާ ރަށަކީވެސް ލަންދޫއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި