Sunday, 26 July 2026
Ads by

މިހާތަނަށް 2.5 މިލިއަން ލީޓަރުގެ ތެޔޮ ހެޔޮ އަގުގައި މަސްވެރިންނަށް ދޫކުރެވިއްޖެ: ޝިޔާމް

މިހާތަނަށް 2.5 މިލިއަން ލީޓަރުގެ ތެޔޮ ހެޔޮ އަގުގައި މަސްވެރިންނަށް ދޫކުރެވިއްޖެ: ޝިޔާމް

ފިޝަރީޒް މިނިސްޓަރު ޝިޔާމް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 2.5 މިލިއަން ލީޓަރުގެ ތެޔޮ ހެޔޮ އަގުގައި މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝިޔާމް މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކްރައިސިސް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތެޔޮ ވިއްކާ އަގަށް ދީފައިވާ ލުޔާއެކު، މަސްވެރިންނަށް މާ ބޮޑު ދަތިކަމެއް ނެތި ކަނޑުތަކަށް ނިކުމެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން މިހާތަނަށް 1832 އުޅަނދަކަށް މި ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރެވިފައިވީ ނަމަވެސް، ލޮޖިސްޓިކްސްގެ ގޮތުން ބައެއް ގޮންޖެހުންތައް ހުރިކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

”މި ނެޓްވޯކު ގާއިމުކުރެވުނުއިރު ލޮޖިސްޓިކަލީ ހުރި ޗެލެންޖުތަކަށް މުޅިން އަދި އެޑްރެސް ނުކުރެވޭ. ނަމަވެސް މަސްވެރިންނަށް އުނދަގޫ ނުވާނެ މިންވަރަށް އެކަންތައްތަކަށް އަހަންމިއްޔަތުކަން ދީގެން ފޯރުކޮށްދެވޭ،“ – މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އަގުން ލުއި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެއް ކަމަށާއި، އެގޮތުން މިހާރު ހުރި ދަތިތައް ހައްލުކޮށް ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި