Wednesday, 9 September 2026
Ads by

އަށްވަނަ ފަހަރަށް ވޯޓަށް އަހައިގެން، މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކަށް ޒަޢީމާ !

އަށްވަނަ ފަހަރަށް ވޯޓަށް އަހައިގެން، މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކަށް ޒަޢީމާ !

މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް ޒަޢީމާ މުޙައްމަދު---

އދ. މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ހޮވުމަށް ކައުންސިލް މެމްބަރުންގެ މެދުގައި އަށްވަނަ ފަހަރަށް ވޯޓަށް އަހައިގެން، އެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް ގޮނޑި ކާމިޔާބު ކުރި ކައުންސިލް މެންބަރު ޒަޢީމާ މުޙައްމަދު ހޮވިއްޖެއެވެ.

Ad Image
Ads by

މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ނުހޮވި ދިގުލައިގެން ގޮސްފައިވަނީ، އެ މަގާމަށް މެންބަރަކު ހޮވުމަށް ވޯޓަށް އަހާ ކޮންމެ ފަހަރަކު ވޯޓު އެއްވަރުވުމުގެ ސަބަބުންނެވެ. އެއާއެކު ކައުންސިލްގެ މަސައްކަތްތައް ވެސް ނުފެށި ދިގުލައިގެން ދިޔައެވެ. ގާނޫނު އޮންނަ ގޮތުން، ކައުންސިލަށް މެންބަރުން އިންތިހާބުވުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި އެ ކައުންސިލަކަށް ނައިބު ރައީސަކު ހޮވަން ޖެހެއެވެ. ކައުންސިލްގެ މަސައްކަތްތައް ފެށޭނީ އެ ކައުންސިލަކަށް މެންބަރުން އިންތިހާބުވުމަށްފަހުގައެވެ.

މަހިބަދޫ ކައުންސިލުގެ ނައިބު ރައީސްކަމުގެ މަގާމަށް ތިން ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ އެމްޑީޕީގެ ފަރާތުން މެންބަރަކާއި، ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ފަރާތުން މެންބަރެއްގެ އިތުރުން، އަމިއްލަ ގޮތުން ވާދަކޮށް ކައުންސިލަށް އިންތިހާބުވި މެންބަރެކެވެ. ލިބުނު ނަތީޖާއަށް ބަލައިލާއިރު އެމްޑީޕީގެ މެންބަރު ޒަޢީމާ މުޙައްމަދަށް 2 ވޯޓު ލިބިފައިވާއިރު، ޕީއެންސީގެ މެންބަރު މުޙައްމަދު މައުމޫނަށް ވެސް ލިބިފައިވަނީ 2 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް ކައުންސިލަށް އިންތިހާބުވި މެންބަރު ބުންޏާމީން ޙަސަނަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ މެންދުރާ ހަމައަށް ކައުންސިލްގެ ނައިބު ރައީސަކު ހޮވުމަށް ހަތް ބައްދަލުވުން ބާއްވާފައިވާއިރު، އެ ވަގުތާ ހަމައަށް ވެސް ވޯޓުގެ ނަތީޖާ ވަނީ އެއްވަރުވެފައެވެ.

މި މައްސަލާގައި އެންމެފަހުން ގޮތް ނިންމާފައިވަނީ ރޭ އެކަމަށްޓަކައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ނެގުނު ވޯޓުން ޒަޢީމާ މުޙައްމަދު ވަނީ މުޙައްމަދު މައުމޫންގެ މައްޗަށް ކުރި ހޯދައި 1 ވޯޓުގެ ތަފާތުން ނައިބު ރައީސްކަމުގެ މަގާމު ޔަގީންކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި