Sunday, 26 July 2026
Ads by

މާރޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާނަން: ރައީސް

މާރޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާނަން: ރައީސް

މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

މި ފެށޭ މާރޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދެއްވަން ފަށްޓަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް މާރޗު މަހު ފަށަނީ ޑޭޝް އަށެއްގެ މަތިންދާބޯޓަކާއި ސީޕްލޭނެއް ބޭނުން ކޮށްގެން، އެ ބޯޓުތަކުގެ އެތެރެއަށް އެކަށޭނަ ބަދަލުތައް ގެނެސްގެން ކަމަށެވެ. މިއީ ރާއްޖޭގައި މި ދާއިރާގެ އަމިއްލަ ޤާބިލުކަން އުފެދިގެންދިއުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ޑޭޝް އަށެއްގެ މަތިންދާބޯޓެއްގައި މި ޚިދުމަތް ފެށުމުން ރާއްޖޭގެ ކޮންމެ އެއަރޕޯޓަކުންވެސް ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ބަލި މީހުން އުފުލޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ބޭނުންވެއްޖެ ހާލަތެއްގައި އަވަށްޓެރި ސްރީލަންކާ އާ ހަމައަށް އަދި އެތަނުން އެހެން މަންޒިލުތަކަށްވެސް ދަތުރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ސީޕްލޭނެއްވެސް މި ޚިދުމަތް ދިނުމަށް ބޭނުންކުރާތީ އެއަރޕޯޓް ނެތް ރަށްރަށުން ބަލިމީހުން އުފުލޭގޮތް ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އަމިއްލަ ޤާބިލުކަން އުފައްދައިގެން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާއިރު އަންނަ މަހުގެ ތެރޭގައި ރާއްޖޭގައި އަމިއްލަ ޤާބިލުކަމާ އެކު ޤައުމުގެ އިޤުތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި މި ޤާބިލުކަންވެސް އުފެއްދުމާ އަދި ފުރިހަމަ މާނައިގައި ދިވެހިންގެ މިނިވަންކަން ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ނ. އަތޮޅުގައި ރަނގަޅު ފެންވަރުގައި ފަށައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މަނަދޫއަށް މަދުވެގެން 300 ހައުސިންގ ބޭނުންވާ ކަމަށާއި ސްޕޯޓް ކޮމްޕްލެކްސްއެއް ގާއިމުކުރުމާއި މަގުހެދުމާއި އެނޫންވެސް މަނަދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމާއި ކުރަން ވަޢުދުވެޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި