Sunday, 26 July 2026
Ads by

އެމެރިކާގެ އިސްލާމީ މަރުކަޒަކަށް ދިން ނިރުބަވެރި ހަމަލާއެއްގައި 3 މުސްލިމުން ޝަހީދުކޮށްލައިފި

އެމެރިކާގެ އިސްލާމީ މަރުކަޒަކަށް ދިން ނިރުބަވެރި ހަމަލާއެއްގައި 3 މުސްލިމުން ޝަހީދުކޮށްލައިފި

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ ސެން ޑިއޭގޯގައި ހުންނަ އެންމެ ބޮޑު އިސްލާމީ މަރުކަޒަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއެއްގައި ވަނީ 3 މުސްލިމުން ޝަހީދުކޮށްލާފައެވެ. އިއްޔެ ދީފައިވާ މި ހަމަލާގައި އެސެންޓަރުގެ މިސްކިތާއި ސްކޫލަށް އަމާޒުކޮށްފައިވާއިރު، ހަމަލާ ހުއްޓުވުމުގައި އިސް ދައުރެއް އަދާކުރި އެމިސްކިތުގެ އިމާމުވެސް ވަނީ ޝަހީދުވެފައެވެ.

Ad Image
Ads by

މި ނިރުބަވެރި ހަމަލާ ދިނުމުގެ ކުރިން ހަމަލާދިން 17 އަހަރާއި 18 އަހަރުގެ ދެމީހުންގެ ތެރެއިން އެކަކު ސުއިސައިޑް ނޯޓެއް ދޫކޮށްފައި އޭނާގެ މައިންބަފައިންގެ ގެއިން އެމީހުންގެ ބަޑިއާއި ކާރު ހިފައިގެން ދިއުމުން ފުލުހަށް އެމީހުން ވަނީ މައްސަލަވެސް ހުށަހަޅާފައެވެ. އަދި ހަމަލާދިންތާ އިރުކޮޅެއްފަހުން އެދެމީހުންވެސް ވަނީ އެ އިސްލާމީ މަރުކަޒާއި ކައިރި ހިސާބެއްގައި ކާރުތެރޭގައި އަމިއްލައަށް ބަޑިޖަހާ މަރުވެފައި ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.

އެމީހުން އަމިއްލައަށް މަރުވި ކާރުގެ ތެރެއިން އިސްލާމްދީނާއި ދެކޮޅު ޝިއާރުތައް ފެނިފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާއިރު، ރަސްމީކޮށް މި މައްސަލަ ބަލަމުން ދަނީ ”ހޭޓް ކްރައިމް“ އެއްގެ ގޮތުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި