Sunday, 26 July 2026
Ads by

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކްގެ އެވޯޑު ދިރާގަށް

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކްގެ އެވޯޑު ދިރާގަށް

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކްގެ އެވޯޑު ދިރާގަށް ވަނީ ލިބިފައި - ފޮޓޯ:ދިރާގު

”އޫކްލާ“ ގެ ’ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކް‘ ގެ އެވޯޑު ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އަށް އަނެއްކާވެސް ލިބިއްޖެއެވެ.

Ad Image
Ads by

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގެ ޕަރފޯމަންސަށް ބެލުމަށްފަހު ދިރާގަށް ދިން މި އެވޯޑާ އެކު މިއީ މި ޝަރަފުވެރި މަގާމު ޖެހިޖެހިގެން އެ ކުންފުންޏަށް ލިބުނު ތިންވަނަ އަހަރެވެ.

އޫކްލާއިން މި އެވޯޑު ދިރާގާ ހަވާލުކޮށްފައި ވަނީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވާރލްޑް ކޮންގްރެސް 2023 ގައެވެ. ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާޢިލް ރަޝީދެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި ކަމަށްވާ އޫކްލާގެ ނެޓްވަރކް ޓެސްޓިންގ ޕްލެޓްފޯމް ކަމަށްވާ ސްޕީޑް ޓެސްޓްއިން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެޓްވަރކްތަކުގެ ފެންވަރު ބަލާ، އެތައް ސަތޭކަ މިލިއަން ޑޭޓާ އެއްކޮށް ދިރާސާކުރެއެވެ. އެގޮތުން އޫކްލާގެ އެންމެފަހުގެ ސްޕީޑް ޓެސްޓު ރިޕޯޓުން ދައްކާ ގޮތުގައި ދިރާގުން ވަނީ މިދިޔަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި އެންމެ ހަލުވި މޮބައިލް ސްޕީޑް ހޯދައި ރާއްޖޭގެ މޮބައިލް މާރކެޓް ލީޑަރުގެ މަގާމު ހޯދާފައެވެ.

”ޖެހިޖެހިގެން ތިންވަނަ އަހަރުވެސް އޫކްލާއިން ދިރާގަށް ’ދިވެހިރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވަރކް‘ އެވޯޑު ލިބުމުގެ އުފާވެރި ޚަބަރު ކަސްޓަމަރުންނާ ހިއްސާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިކަމުން ދައްކުވައިދެނީ އެންމެ ފުރިހަމަ ޚިދުމަތާއި ފެންވަރު ރަނގަޅު ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ކުރާ މަސައްކަތާއި ދޭ ޚާއްސަ އަހައްމިއްޔަތު. ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވަރކްގައި އަޅުގަނޑުމެންނާ އެކު ދެމިތިއްބެވިކަމަށްޓަކައި ދިރާގު ކަސްޓަމަރުންނަށް މަރުޙަބާ ކިޔަން އަދި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،“ – ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާޢިލް ރަޝީދު

ޒިފް ޑޭވިސްގެ ޑިވިޝަނެއް ކަމަށްވާ އޫކްލާގެ ޕްރެސިޑެންޓް އަދި ސީއީއޯ ސްޓެފަން ބައި ވިދާޅުވީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑް ދިރާގަށް ލިބިފައި ވަނީ ސްޕީޑް ޓެސްޓްގެ ތަފްސީލީ ދިރާސާއެއް ހެދުމަށް ފަހު ކަމަށެވެ.

”މި އެވޯޑަކީ 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގައި މާކެޓުގެ އެހެނިހެން ބޮޑެތި މޮބައިލް ނެޓްވަރކްތަކާ އަޅާބަލާއިރު އާދަޔާޚިލާފު ސްޕީޑާއި ޕަރފޯމަންސް ދައްކާ މޮބައިލް ނެޓްވަރކް އޮޕަރޭޓަރުންނަށް ދޭ އެވޯޑެއް. އެގޮތުން މި އެވޯޑު ދިރާގާ ހަވާލުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މިއީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން މިދިޔަ އަހަރު ކުރި މަސައްކަތުގެ އަލިގަދަ ހެއްކެއް،“ – އޫކްލާގެ ޕްރެސިޑެންޓް އަދި ސީއީއޯ ސްޓެފަން ބައި

ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 އިންސައްތަ މޮބައިލް 4ޖީ ކަވަރޭޖް ދިރާގުން ފޯރުކޮށްދެއެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ މިހާރު 5ޖީގެ ޚިދުމަތް އާބާދީގެ 50 އިންސައްތައަށް ފޯރުކޮށްދީފައެވެ.

ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު، އެ ކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި