ގދ. ވާދޫ ކައިރީގައި އޮންނަ ”ބްލޫބައުލް“ ސަރަހައްދަށް ރާޅާ އަޅަން ސަފާރީއަކުން ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު (18 މެއި 2026) މެންދުރު 12:57 އެހައިކަންހާއިރުއެވެ.
🚨 ކުއްލި ޚަބަރު: ގދ. ވާދޫ ބްލޫބައުލް އަށް ރާޅާ އަޅަން ސަފާރީއަކުން ފައިބާ އުޅުނު ގެސްޓެއް ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ pic.twitter.com/XLQge403ci
— eki (@eki_mv) May 18, 2026
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 53 އަހަރުގެ ސްޕެއިން ފިރިހެނެކެވެ. އޭނާ ފެނިގެން ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.









