Saturday, 24 October 2026
Ads by

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ހިލޭ ގޯތި ދިނުމުން އެޗްޑީސީއަށް 15 ބިލިއަން ރުފިޔާގެ ގެއްލުމެއް

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ހިލޭ ގޯތި ދިނުމުން އެޗްޑީސީއަށް 15 ބިލިއަން ރުފިޔާގެ ގެއްލުމެއް

ހުޅުމާލެ ފުރަތަމަ ފިޔަވަހި--- ފޮޓޯ: އެކި އެމްވީ

ބިންވެރިޔާ ސްކީމްގެ ދަށުން މިދިޔަ އެމްޑީޕީ ސަރުކާރުގައި ހުޅުމާލެއިން ހިލޭ ގޯތި ދިނުމުގެ ސަބަބުން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 15 ބިލިއަން ރުފިޔާގެ މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކުން ދައްކައިފިއެވެ.

Ad Image
Ads by

ބިންވެރިޔާ ސްކީމްގެ ދަށުން އެޗްޑީސީގެ މިލްކިއްޔާތުގައިވާ ޖުމްލަ 2،841،400 އަކަފޫޓުގެ ބިން ވަނީ ދޫކޮށްފައެވެ. މި ބިންތައް މާކެޓް ރޭޓުގައި، ވާދަވެރި ބީލަމެއްގެ ދަށުން ވިއްކިނަމަ އެޗްޑީސީއަށް އާމްދަނީގެ ގޮތުގައި 14.85 ބިލިއަން ރުފިޔާ އާއި 15.93 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރި ގޮތުގެ ތަފްސީލަށް ބަލައިލާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހިން 709 ގޯތި ދޫކޮށްފައިވެއެވެ. މިއީ ޖުމުލަ 1،256850 އަކަފޫޓުގެ ބިމެވެ. މި ބިންތައް ހިލޭ ދޫނުކުރި ނަމަ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ އެޗްޑީސީއަށް ލިބުނީހެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހިން 699 ގޯތި ދޫކޮށްފައިވާއިރު މިއީ ގާތްގަނޑަކަށް 1,584,550 އަކަފޫޓުގެ ބިމެވެ. މި ބިންތައް ހިލޭ ދޫނުކުރި ނަމަ އެޗްޑީސީއަށް 8.4 ބިލިއަން ރުފިޔާ ލިބުނީހެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ އަގުހުރި ބިންތަކެއް އެއްވެސް އަގަކާ ނުލައި އަމިއްލަ ފަރާތްތަކުގެ މިލްކިއްޔާތަށް ބަދަލުކޮށްލުމަކީ ދައުލަތުގެ މާލިއްޔަތަށް މިކަމުގެ ނޭދެވޭ އަސަރުތައް ކުރުވާނެ ކަމެކެވެ. އެއީ މިކަމުގެ ސަބަބުން އެޗްޑީސީއަށް ލިބުނު ގެއްލުން ފޫބެއްދުމަށް ދައުލަތުގެ މާލިއްޔަތުން ބޮޑު ހޭދައެއް ކުރަންޖެހޭތީއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ކޮންމެ މީހަކަށް ދައުލަތުން އެވްރެޖްކޮށް 3.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ ކަންބޮޑުވާންޖެހޭ މިންވަރެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި