Wednesday, 9 September 2026
Ads by

ޒަކާތު ހައުސްއިން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް 30 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލައިފި

ޒަކާތު ހައުސްއިން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް 30 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލައިފި

ރާއްޖެއާއި ރާއްޖޭން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްތަކާއި ޚާއްޞަ އެހީގެ ފުރުޞަތުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ.

Ad Image
Ads by

7 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ހައުސް ވުޖޫދަށް އައިސް، ޒަކާތު ފަންޑުން ދޭ މި ސްކޮލަރޝިޕްތައް އަލުން ދޭން ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މިއީ އިސްލާމީ ދާއިރާތަކުން ޤައުމަށް ބޭނުންވާ ތަޢުލީމީ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވާލި ފުރުޞަތުތަކެކެވެ.

ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ފުރުޞަތުގެ ދަށުން ޖުމުލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް ކަނޑައަޅާފައިވާ 10 ފުރުޞަތާއި، ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ 20 ފުރުޞަތެވެ. މީގެ އިތުރުން، ޚާއްޞަ ސްކީމުތަކެއްގެ ދަށުން ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް 5 ފުރުޞަތަކާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނު ކުރުމަށް 5 ސްކޮލަރޝިޕް ދިނުމަށް ވަނީ ނިންމާފައެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓަރސް (ލެވެލް 9) އަދި ޕީއެޗްޑީ (ލެވެލް 10) އަށް ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ. ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރްއާނާ ބެހޭ ޢިލްމު، އިސްލާމީ ތަޢުލީމު، އިސްލާމީ ދިރާސާއާއި ޝާއިޢުކުރުން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ އަދި ފިޤުހު، އުޞޫލުލް ފިޤުހު އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ހިމެނެއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ، މި ސްކޮލަޝިޕްތަކުގެ މައިގަނޑު މަޤްސަދަކީ އިސްލާމީ ދާއިރާތަކުން ތައުލީމު ހާސިލް ކުރުމަށްފަހު، ޤައުމަށް ޚިދުމަތް ކުރާނެ ފެންވަރުދާރު ޖީލެއް ބިނާކުރުން ކަމަށެވެ.

”އަޅުގަނޑުމެންގެ އަމާޒަކީ މިދާއިރާތަކުން ދަރިވަރުން ތައުލީމު ހާސިލުކުރުމަށްފަހު ދިވެހިރާއްޖެއަށް، ރާއްޖޭގެ ހާލަތަށް، ދިވެހިރާއްޖޭގެ ތައުލީމީ ހާލަތު ރަނގަޅުވެ އިޤްތިސާދީ ގޮތުން އަދި އިޖުތިމާއީ ގޮތުން ދިވެހިރާއްޖެއަށް އަދި ރާއްޖޭގެ އިސްލާމީ މުޖުތަމަޢުއަށް ޚިދުމަތް ކުރާނެ ރަނގަޅު ދަރިންތަކެއް ބިނާކުރުން،“ ޝައިޚް އިމްތިޠާއު ވިދާޅުވިއެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ޤައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖް ފަދަ މުއައްސަސާތަކުން ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ރާއްޖޭން ބޭރުން މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީ، މެލޭޝިޔާގެ އައިއައިޔޫއެމް އަދި އިންސިފް، ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް އަދި ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު ފަދަ މަޝްހޫރު ޔުނިވަރސިޓީތަކުން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި، މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތަކަށް ވުން ހިމެނެއެވެ. އަދި އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ، އެހެން އެއްވެސް މުއައްސަސާއަކުން މާލީ އެހީތެރިކަން ލިބެމުން ނުދާ ފަރާތަކަށް ވާންޖެހޭނެއެވެ.

ޒަކާތު ހައުސްއިން ބުނީ ކަނޑައެޅިފައިވާ ދާއިރާތަކުގެ އިތުރުންވެސް، އިސްލާމީ މުޖުތަމަޢު ތަރައްޤީ ކުރުމަށް މުހިންމު ދާއިރާއެއް ކަމަށްވާނަމަ އެ ދާއިރާއަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ޒަކާތު ފަންޑުގެ ޚާއްޞަ ކޮމިޓީއަކުންނެވެ.

މި ފުރުޞަތުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް scholarship@zakathouse.gov.mv އަށް އީމެއިލް ކުރުމަށް ޒަކާތު ހައުސްއިން އިލްތިމާސްކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި