Wednesday, 9 September 2026
Ads by

ޔަހޫދީންގެ ނިރުބަވެރި ޙަމަލާއެއްގައި ޙަމާސްގެ އަސްކަރީ އިސްވެރިޔާ ޝަހީދުކޮށްލައިފި

ޔަހޫދީންގެ ނިރުބަވެރި ޙަމަލާއެއްގައި ޙަމާސްގެ އަސްކަރީ އިސްވެރިޔާ ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީ އިސްތިޢުމާރީ ބާރުތަކުން ދިން ވަރުގަދަ ވައިގެ ޙަމަލާއެއްގައި، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އަސްކަރީ ގޮފި ”އަލްޤައްސާމް ބްރިގޭޑުގެ“ އެންމެ މަތީވެރިޔާ ޢިއްޒުއްދީން އަލްޙައްދާދު ޝަހީދުކޮށްލައިފިއެވެ.

Ad Image
Ads by

ޙަމާސް ޖަމާޢަތުން ހާމަކޮށްފައިވާ ގޮތުގައި، އެ ޖަމާޢަތުގެ އަސްކަރީ ދިފާޢީ ޙަރަކާތްތައް ރޭވުމާއި ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އަލްޙައްދާދު ޝަހީދުކޮށްލާފައިވަނީ މިދިޔަ ހުކުރު ދުވަހު ޣައްޒާގެ މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ޔަހޫދީން ދިން ނިރުބަވެރި ޙަމަލާއެއްގައެވެ. މި ހިތާމަވެރި ޙަމަލާގައި ޙައްދާދީގެ އިތުރުން، އޭނާގެ އަނބިކަނބަލުންނާއި އުމުރުން 19 އަހަރުގެ އަންހެން ދަރިކަލުން ވެސް ވަނީ ޝަހީދުވެފައެވެ.

ހުކުރު ދުވަހު ޣައްޒާގެ ދެ ސަރަޙައްދަކަށް ދިން މި ޙަމަލާތަކުގައި ޖުމްލަ އަށް މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި ތިން އަންހެނުންނާއި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. ޝަހީދުވި ޙައްދާދީގެ ޖަނާޒާ މިދިޔަ ހޮނިހިރު ދުވަހު ޣައްޒާގައި ބާއްވާފައިވާ އިރު، އެތައް ސަތޭކަ ބަޔަކު ވަނީ މި ޖަނާޒާގައި ބައިވެރިވެފައެވެ.

މި ޙަމަލާތައް ދީފައިވަނީ، ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ޙަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލި ފަހުން، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ޤަތުލުޢާންމު ހުއްޓައިލާފައިވާ ކަމަށް އޮކްޓޫބަރު މަހު ޔަހޫދީން ބުނި ނަމަވެސް، ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަޙައްދެއް އަދިވެސް އޮތީ ޔަހޫދީ ފައުޖުގެ ބާރުގެ ދަށުގައެވެ. އަދި އެ ސަރަޙައްދުތަކުގައި ހުރި ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި އިމާރާތްތައް ޔަހޫދީ ސިފައިން ދަނީ މެދުނުކެނޑި ސުންނާފަތިކޮށް ބިމާ ހަމަކުރަމުންނެވެ.

އެމެރިކާއާއި ޤަޠަރު މެދުވެރިވެގެން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޙަމަލާތައް މަޑުޖައްސައިލާފައިވާ ކަމަށް ދެއްކި ނަމަވެސް، އެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީންގެ އަނިޔާވެރިކަމުގައި ޣައްޒާއިން 850 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު