Sunday, 26 July 2026
Ads by

ދިވެހި ޙައްޖާޖީންގެ 2 ވަނަ ގުރޫޕަށްވެސް ސަޢުދީން ހޫނު މަރުހަބާއެއް!

ދިވެހި ޙައްޖާޖީންގެ 2 ވަނަ ގުރޫޕަށްވެސް ސަޢުދީން ހޫނު މަރުހަބާއެއް!

ދިވެހި ޙައްޖާޖީން ސަޢުދީއަށް ދިއުމުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ--- ފޮޓޯ: މޯލްޑީވްސް ޙައްޖު މިޝަން

މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ޙައްޖާޖީންގެ ތެރެއިން މިއަދު ފުރި 260 ޙައްޖާޖީންނަށް ސަޢުދީ ޢަރަބިއްޔާއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

Ad Image
Ads by

ދިވެހި ޙައްޖާޖީންގެ ދެވަނަ ގުރޫޕް ސަޢުދީ ޢަރަބިއްޔާއަށް ފުރާފައިވަނީ މިއަދު ހެނދުނު 08:00 އެހާއިރުއެވެ. މި ފްލައިޓް ޖިއްދާގެ ކިންގް އަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު މެންދުރުފަހު 13:00 އެހާއިރުއެވެ. ޙައްޖާޖީންގެ ދެވަނަ ގުރޫޕް ސަޢުދީއަށް ދިޔުމުން އެ ފަރާތްތަކަށް މަރުހަބާ ކިޔާފައިވަނީ އެ ގައުމުގެ ސަރުކާރުގެ ޙައްޖުގެ ކަންކަމާ ގުޅޭ އިސްވެރިންނާއި، ދިވެހި ޙައްޖު މިޝަންގެ އިސްވެރިންގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުންނެވެ.

ދިވެހިރާއްޖެއަށް މި އަހަރު 1،000 ޙައްޖު ކޯޓާ ލިބިފައިވާއިރު، މި ހުރިހާ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ ސަޢުދީގެ ދެ ފްލައިޓާއި މޯލްޑިވިއަންގެ ދެ ފްލައިޓުގައެވެ. މިހާތަނަށް ދެ ފްލައިޓް ފުރާފައިވާއިރު، ބާކީ ތިބި ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ އަދި އަންގާރަ ދުވަހުއެވެ. އެގޮތުން މާދަމާ 268 ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާއިރު އޭގެ އަނެއް ދުވަހު ފުރުމަށް ހަމަޖެހިފައިވަނީ 253 ޙައްޖާޖީންނެވެ.

ދިވެހި ޙައްޖާޖީންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ސަރުކާރުން ސަޢުދީ ސަރުކާރާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޙައްޖާޖީން ތިބޭ ޓެންޓުތަކުގައި ފާހާނަ ބަރި އިތުރުކުރުމާއި ކެއިންބުއިމުގެ އިންތިޒާމުތައް ހަރުދަނާކުރުން ހިމެނެއެވެ.

މޯލްޑިވްސް ޙައްޖު މިޝަންއިން ބުނީ، މިހާތަނަށް ސަޢުދީއަށް ދިޔަ ދިވެހި ޙައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށާއި، މިހާރު އެ ފަރާތްތަކުން ދަނީ ފުރަތަމަ ޢުމްރާގެ އަޅުކަން ފުރިހަމަކުރަމުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި