Wednesday, 9 September 2026
Ads by

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރުގެ 343 ދަރިވަރުން ދަސްވެނިވެއްޖެ

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރުގެ 343 ދަރިވަރުން ދަސްވެނިވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރުގެ ދަރިވަރުން ދަސްވެނިވުމާ ގުޅިގެން، އެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލި ހުރިހާ ދަރިވަރުންނަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވާފައެވެ. މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި ގައުމީ ލޯބި އިތުރުކޮށް، އަދަބު އަޚްލާގާއި ހުނަރުތައް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ.

މި ފަހަރުގެ ބުރުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 343 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 280 ފިރިހެން ކުދިންނާއި 63 އަންހެން ކުދިންނެވެ. އުމުރުގެ ގޮތުން ބަލާއިރު، 18 އަހަރުން ދަށުގެ 113 ކުދިން މި ބުރުގައި ބައިވެރިވެފައިވާއިރު، 18 އަހަރުން މަތީގެ 230 ފަރާތެއް ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަކީ ގައުމަށް ބޭނުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި