Wednesday, 9 September 2026
Ads by

މާލެ ސިޓީ ޑެޕިޔުޓީ މޭޔަރު ކަމަށް މީކާއިލް މުޙައްމަދު ރިޔާޒު

މާލެ ސިޓީ ޑެޕިޔުޓީ މޭޔަރު ކަމަށް މީކާއިލް މުޙައްމަދު ރިޔާޒު

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މީކާއިލް މުޙައްމަދު ރިޔާޒު--- ފޮޓޯ: އެމްޑީޕީ

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް ހެންވޭރު މެދު ދާއިރާގެ ކައުންސިލް މެންބަރު މީކާއިލް މުޙައްމަދު ރިޔާޒު އިންތިހާބުކޮށްފިއެވެ.

Ad Image
Ads by

”އެކި އެމްވީ“ އަށް އެނގިފައިވާ ގޮތުގައި، މާލެ ސިޓީ ކައުންސިލަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރި މެންބަރުންގެ ތެރެއިން ހަ މެންބަރަކު ވަނީ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން މި މަގާމަށް ކުރިމަތިލީ ހަތަރު މެންބަރަކެވެ. އެ ހަތަރު މެންބަރުންނަކީ:

  • މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިޟްވާން ޢަލީ – (2 ވޯޓް)
  • މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ހަނާ – (2 ވޯޓް)
  • ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަހިއްޔާ – (5 ވޯޓް)
  • ހެންވޭރު މެދު ދާއިރާގެ ކައުންސިލަރު މީކާއިލް މުޙައްމަދު ރިޔާޒު – (7 ވޯޓް)

ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް އިންތިހާބު ކުރާނެ ފަރާތެއް ކަނޑައަޅާފައިވަނީ އެމްޑީޕީގެ އެތެރޭގެ މެންބަރުންގެ މެދުގައި ނެގި ވޯޓަކަށްފަހުގައެވެ. އެ ވޯޓުން ކުރި ހޯދާފައިވަނީ މީކާއިލް މުޙައްމަދެވެ. މި މަގާމަށް ޝައުވެރިކަން ފާޅުކުރި ނަމަވެސް ފަހުން މަގާމަށް ކުރިމަތިނުލާ ދެ މެންބަރުންނަކީ ޚަދީޖާ މުޙައްމަދާއި، ޙުސައިން ފުރުޝާންއެވެ.

ޝައުގުވެރިކަން ފާޅުކުރުމަށްފަހު މަގާމަށް ކުރިމަތިނުލި ސަބަބެއް އެ ދެ މެންބަރުން ބުނެދީފައެއް ނުވެއެވެ.

މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ ކައުންސިލްތަކުގެ މެޖޯރިޓީ ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ނަމަވެސް ޖުމުލަ ގޮތެއްގައި މުޅި ރާއްޖޭގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީންކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި