Wednesday, 9 September 2026
Ads by

ހަނގުރާމަ ފެށިފަހުން ޔޫކްރޭނުން ރަޝިޔާއަށް ދިން އެންމެ ވަރުގަދަ އެއް ޑްރޯން ހަމަލާގައި 4 މީހުން މަރުވެއްޖެ

ހަނގުރާމަ ފެށިފަހުން ޔޫކްރޭނުން ރަޝިޔާއަށް ދިން އެންމެ ވަރުގަދަ އެއް ޑްރޯން ހަމަލާގައި 4 މީހުން މަރުވެއްޖެ

ޔޫކްރޭނުން ރޭ (17 މެއި) ދަންވަރު ދީފައިވާ ހަމަލާތަކުގައި މޮސްކޯގައި އަންދާފައިވާ ގެއެއް (ފޮޓޯ: ރޮއިޓާސް)

ރަޝިޔާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ލޯކަލް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރު ހަނގުރާމަ ފެށުނު ފަހުން ޔޫކްރޭނުން ރަޝިޔާއަށް ދިން އެންމެ ބޮޑު އެއް ޑްރޯން ހަމަލާގައި، މޮސްކޯ ކައިރިން 3 މީހުންނާއެކު ޖުމްލަ 4 މީހުން ވަނީ މަރުވެފައެވެ. ޔޫކްރޭނުން ވަނީ ރޭ ދަންވަރުގައި ރަޝިޔާގެ ވެރިރަށް މޮސްކޯ ހިމެނޭހެން އެކި ސަރަހައްދު ތަކަށް އަމާޒުކޮށް 550 އަށްވުރެން ގިނަ ޑްރޯން ފޮނުވާލާފައެވެ.

Ad Image
Ads by

އެ ސަރަހައްދުގެ ގަވަރުނަރު އެންޑްރޭ ވޮރޮބްޔޭވް ބުނެފައިވާ ގޮތުގައި، ޔޫކްރޭނުގެ ޑްރޯންތަކުން ވަނީ ބައެއް އަސާސީ ވަސީލަތްތަކަށް އަދި އުސް ބައެއް އިމާރާތްތަކަށް ގެއްލުންދީފައެވެ. މޮސްކޯގެ މޭޔަރު ސަރްގޭ ސޮބްޔާނިން ޚަބަރު ދީފައިވާ ގޮތުގައި، މޮސްކޯ ސިޓީގެ ތެރޭގައި ރޭގަނޑު ދިން މި ހަމަލާގައި މަދުވެގެން 12 މީހުންނަށް އަނިޔާވެފައިވާއިރު، މީގެ ތެރެއިން ގިނަ މީހުންނަށް އަނިޔާވީ އެ ސިޓީގެ ތެޔޮ ސާފުކުރާ ކާރުޚާނާ ކައިރީގައެވެ. ނަމަވެސް އެ ކާރުޚާނާގެ ”ޓެކްނޮލޮޖީ“ އަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ސޮބްޔާނިން ބުނެފައި ވެއެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިއާ އެޖެންސީ ”ޓާސް“ އިން ސޮބްޔާނިންއާ ހަވާލާދީ ބުނި ގޮތުގައި، ރޭގަނޑު މޮސްކޯއާ ދިމާލަށް ދަތުރުކުރި 81 ޑްރޯނެއް ރަޝިޔާގެ ދިފާއީ ބާރުތަކުން ވަނީ ވައްޓާލާފައެވެ. މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 24 ގައި ރަޝިޔާއިން ޔޫކްރޭނަށް އަރައި ހަމަލާދޭން ފެށި ފަހުން ރަޝިޔާގެ ވެރިރަށަށް އަމާޒުކޮށް ދިން އެންމެ ބޮޑު އެއް ހަމަލާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި