Saturday, 24 October 2026
Ads by

ސަރުކާރުގެ ދަރަނި ދައްކަން ކަސްޓަމަރުންގެ ޑޮލަރު ބޭނުންކޮށްފައެއް ނުވާނެ: ބީއެމްއެލް

ސަރުކާރުގެ ދަރަނި ދައްކަން ކަސްޓަމަރުންގެ ޑޮލަރު ބޭނުންކޮށްފައެއް ނުވާނެ: ބީއެމްއެލް

ސަރުކާރުގެ ދަރަނި ދެއްކުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި ކަސްޓަމަރުންގެ ޑޮލަރު ދޫކޮށްފައި ނުވާނެކަމުގެ ޔަޤީންކަން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ދެއްވައިފިއެވެ.

Ad Image
Ads by

ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، ސަރުކާރުން ދަރަނި ދައްކަނީ ކަސްޓަމަރުން ބޭންކުގައި ޖަމާކޮށްފައިވާ ފައިސާއިން ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަކީ ހަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ބޭންކުގައި ހުރި ކަސްޓަމަރުންގެ ޑިޕޮސިޓްތައް ރައްކާތެރިކުރުމަކީ ބޭންކުން އެންމެ އިސްކަންދޭ ކަންތައް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ބޭންކުގެ ޑިޕޮސިޓްގެ ގާތްގަނޑަކަށް 70 އިންސައްތަ ހުރީ ލޯނުގެ ގޮތުގައި ދޫކޮށްފައެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށެވެ. އެގޮތުން ޓޫރިޒަމް ސެކްޓަރަށް ދޫކޮށްފައިވާ ޑޮލަރު ލޯނު ޕޯޓްފޯލިއޯ 600 މިލިޔަން ޑޮލަރާ ގާތްކުރާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 35 މިލިޔަން ޑޮލަރު އަލަށް ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑު ޔަޤީންކަން ދޭން ބޭނުން އަޅުގަނޑުމެންގެ ބޭންކް ހިންގަމުން މިދަނީ ބޭންކިން އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަސްޓަމަރުންގެ ޑިޕޮސިޓް ރައްކާތެރިކޮށްގެން. ޑިޕޮސިޓް އަޅުގަނޑުމެން މިކުރާ ކަމަކީ އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރުން އެންމެ ބޮޑަށް އަޅުގަނޑުމެން ޑޮލަރު ލޯނު ދޫކުރެވިފައިވާނީ ފަތުރުވެރިކަމުގެ ސިނާޢަތަށް. ފަތުރުވެރިކަމުގެ ސިނާޢަތަށް ގާތްގަނޑަކަށް 600 މިލިޔަން ޑޮލަރާއި ކައިކުރާ އަދަދަކަށް އަޅުގަނޑުމެންގެ ޑޮލަރު ލޯނު ޕޯޓްފޯލިއޯ މިހާރު ޑޮލަރުން އެބަހުރި ޓޫރިޒަމް ސެކްޓަރއަށް. މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައިވެސް އަޅުގަނޑުމެން 35 މިލިޔަން ޑޮލަރު އަލަށްވެސް ދޫކުރިން. އަދިވެސް އަޅުގަނޑުމެން މިދަނީ ޓޫރިޒަމް ސެކްޓަރއަށް އިންވެސްކުރަމުން.“ ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި ސުކޫކާއި، ސްވޮޕް އަދި ލޯނުތައް ހިމެނޭހެން ޖުމްލަ 974 މިލިޔަން ޑޮލަރު ވަނީ ދައްކާ ޚަލާސްކޮށްފައެވެ. މީގެ ތެރޭގައި 2021 ވަނަ އަހަރު ދޫކުރި 500 މިލިޔަން ޑޮލަރުގެ ސުކޫކުވެސް ހިމެނެއެވެ.

މާލީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ދަރަނިތައް ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ. ސަރުކާރުގެ ހަރުދަނާ މާލީ ސިޔާސަތުތަކުގެ ސަބަބުން، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، މިއަހަރުގެ މާރިޗު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ ރެކޯޑް މިންވަރެއް ކަމަށްވާ 1.3 ބިލިޔަން ޑޮލަރަށް އަރާފައެވެ.

ބޭންކް ހިންގަމުންދަނީ ބައިނަލްއަގުވާމީ ބޭންކިންގ އުސޫލުތަކާ އެއްގޮތަށް ކަސްޓަމަރުންގެ ފައިސާގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށާއި، ސަރުކާރަށް ލޯނު ދިނުމަށް އެއްވެސް ވަރަކަށް ކަސްޓަމަރުންގެ ޑޮލަރު ބޭނުންކޮށްފައި ނުވާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ ތަކުރާރުކޮށް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި