Sunday, 26 July 2026
Ads by

ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ސަޢުދީން ހޫނު މަރުހަބާއެއް

ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ސަޢުދީން ހޫނު މަރުހަބާއެއް

ދިވެހި ޙައްޖާޖީން މައްކާގައި--- ފޮޓޯ: މޯލްޑިވްސް ޙައްޖު މިޝަން

މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ފުރަތަމަ ގްރޫޕްގައި ހިމެނޭ 238 ޙައްޖާޖީންނަށް ސަޢުދީ ޢަރަބިއްޔާއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

Ad Image
Ads by

ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް ސަޢުދީ ޢަރަބިއްޔާއަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން ޖިއްދާ އެއަރޕޯޓުން ޙައްޖާޖީންނަށް މަރުހަބާ ދެންނެވީ އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު ސަރީރާއި މޯލްޑިވްސް ޙައްޖު މިޝަންގެ އިސް ބޭފުޅުންގެ އިތުރުން ސަޢުދީ ސަރުކާރުގެ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނެވެ.

ދިވެހި ޙައްޖާޖީން މައްކާގައި ތިބުމަށް ހަމަޖެހިފައިވާ ހޮޓަލަށް ދިއުމުން، ޙައްޖު ކޯޕަރޭޝަނާއި، ޙައްޖު މިޝަނާއި، ރަވާފް މިނާ އަދި ދިވެހި ޙައްޖުވެރިންނަށް ހިދުމަތްދޭ މުތައްވިފް ގްރޫޕްގެ ފަރާތުން ވެސް ވަނީ މަރުހަބާ ކިޔައިފައެވެ.

މޯލްޑިވްސް ޙައްޖު މިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ފުރަތަމަ ފްލައިޓުން ސަޢުދީއަށް ދިޔަ ހުރިހާ ޙައްޖާޖީންގެ ހާލު ރަނގަޅު ކަމަށާއި މިހާރު އެ ހުރިހާ ފަރާތްތަކުން ވެސް ފުރަތަމަ އުމްރާގެ އަޅުކަން ފަށާފައިވާ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުތަކާ އަޅާ ބަލާއިރު މިއަހަރު ދިވެހި ޙައްޖާޖީންނަށް ވަނީ ހުރިހާ ވަސީލަތްތަކާއެކު ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ.

މިއަހަރު ދިވެހި ޙައްޖާޖީން އުފުލުމަށް ހަމަޖެހިފައިވާ ބާކީ ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި