Wednesday, 9 September 2026
Ads by

އެމްޑީޕީއަކީ ”ލާދީނީ“ ފިކުރެއް ކަމަށް ވިދާޅުވި ޔާމީން އެ ޕާޓީއާއެކު ކޯލިޝަން ހެދުމުން ސަޕޯޓަރުން ރަތަށް!

އެމްޑީޕީއަކީ ”ލާދީނީ“ ފިކުރެއް ކަމަށް ވިދާޅުވި ޔާމީން އެ ޕާޓީއާއެކު ކޯލިޝަން ހެދުމުން ސަޕޯޓަރުން ރަތަށް!

ކުރީގެ ތިން ރައީސުން---

އެމްޑީޕީއަކީ ”ލާދީނީ“ ފިކުރެއް ކަމަށް މީގެ ކުރިން ވިދާޅުވުމަށްފަހު، އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ނިންމެވުމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Ad Image
Ads by

”ނޫސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް“ ކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ކޯލިޝަން ހައްދަވައިފައެވެ. ރައީސް ޔާމީންގެ މި ނިންމެވުމުގެ ސަބަބުން، އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށް އެމަނިކުފާނަށް ކުރަމުން އައި ތާއީދު އަނބުރާ ގެނެސްފައެވެ.

ރައީސް ޔާމީންގެ މި ނިންމެވުމާއެކު މީސް މީޑިއާގައި ގިނަ ބަޔަކު ވަނީ އެމަނިކުފާނަކީ ގައްދާރެއް ކަމަށް ސިފަކޮށް އެމަނިކުފާނުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދައިފައެވެ. މީގެ ކުރިން ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ އެމްޑީޕީއަކީ އިންޑިޔާއަށް ގައުމު ވިއްކާލި ބައެއް ކަމަށާއި އެ ޕާޓީއާއި އެކު ހަދާނެ ކޯލިޝަނެއް ވެސް ނޯންނާނެ ކަމަށެވެ.

ނަމަވެސް ޔާމީންގެ މި ނިންމެވުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރަކު ވަނީ ޔާމީނަކީ ބުނާ ބަހުގެ އިތުބާރު ނެތް ބޭފުޅެއް ކަމަށް ސިފަކޮށް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ސޮއިކުރަން ނިންމައިފައެވެ.

”ދުވަހަކު ވެސް ހީނުކުރަން ރައީސް ޔާމީން މިހާ ދަށު ދަރަޖައަކަށް ވެއްޓިދާނެއެކޭ، އެމަނިކުފާނަށް އެންމެ ބޮޑަށް އަނިޔާދިން މީހުންނާއެކު ކޯލިޝަން ހަދައި އެ މީހުންނާ އެއްސުފުރާއަކުން އިންސާފުކުރެއްވިއިރު އެމަނިކުފާނުގެ ހައްގުގައި އެންމެ ބުރަކޮށް މަސައްކަތް ކުރި މީހުންގެ މަތިން އެމަނިކުފާނު ހަނދާން މިއަދު އެ ނައްތާލީ، އަސްލު ހަގީގަތުގައި ޕީޕީއެމްއިން ވެސް ވަކިވީ ރައީސް މުޢިއްޒު ގޯސް ވެގެނެއް ނޫން، ރައީސް ޔާމީނަކީ ވަރަށް އީގޯ ބޮޑު ބޭފުޅެއް، ތާއީދުކުރިއަސް ހަގީގަތް ވާނީ ހަގީގަތަށް އެހެންނުން،“ – ޔާމީންގެ ސަޕޯޓަރަކު ބުންޏެވެ.

ސިޔާސީ މަސައްކަތްތައް އެކުގައި ކުރައްވަން ކުރީގެ ތިން ރައީސުން ނިންމަވާފައިވާ މި ދަނޑިވަޅުގައި، މާޒީގެ ސަފުހާތަކަށް ނަޒަރު ހިންގާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މި ތިން ރައީސުންނަކީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު ޖަލަށްލައި، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އެކި ކަހަލަ ސީރިއަސް ތުހުމަތުތަކެއް ކުރެއްވި ބޭފުޅުންކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި