އީރާނުން ދިން ވައިގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، ގުޅިފައިވާ އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގައި ބައިވެރިވުމަށް ސަޢޫދީ ޢަރަބިއްޔާ އާއި ގަތަރު ހިމެނޭހެން އަވަށްޓެރި ގައުމުތަކަށް ބާރުއެޅުމަށް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެ ގައުމުތަކުން އެކަމަށް އިންކާރު ކުރުމުން ޔޫއޭއީ މާޔޫސްވި ކަމަށް މަޞްދަރުތަކާއި ހަވާލާދީ ”ބްލޫމްބާގް“ ނޫހުން ރިޕޯޓުކޮށްފިއެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ބޮން އަޅަން ފެށިތާ މާގިނައިރުތަކެއް ނުވެ، ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު ވަނީސަޢުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހިމެނޭހެން އަވަށްޓެރި އެހެން ޤައުމުތަކުގެ ވެރިންނާ ފޯނުން ގުޅައި ސިލްސިލާ މަޝްވަރާތަކެއް ކޮށްފައެވެ.
ސަޢޫދީން އީރާނަށް ހަމަލާދިނުމަށް ފާޅުގައި ކޯލިޝަނަކަށް ނުދިއުމަކީ ޔޫއޭއީ އިން ސަޢޫދީގެ މަސްލަހަތު އޮތް އޯޕެކް ތެޔޮ ގްރޫޕުން ކުއްލި ގޮތެއްގައި ވަކިވި ސަބަބެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޔޫއޭއީ އަށްފަހު ސަޢޫދީ އިންވެސް އީރާނަށް ސިއްރު ޙަމަލާތަކެއް ދީފައިވާކަން ހާމަވެއްޖެ
ސަޢޫދީ އިން ފާޅުގައި އީރާނަށް ހަމަލާދިނުމަށް ޔޫއޭއީ އާއިއެކު ކޯލިޝަނަށް އިންކާރު ކުރި ނަމަވެސް ހަނގުރާމައިގެ ފުރަތަމަކޮޅު ސިއްރު ޙަމަލާތަކެއް ދީފައިވާކަން ވަނީ ހާމަވެފައެވެ.












