Wednesday, 9 September 2026
Ads by

ދޮގު ޑޮކިއުމަންޓްރީތަކުގެ ސަބަބުން ދެ ދުނިޔޭގައި ވެސް ހުރިހާ މޮޅެއް އޮތީ އަޅުގަނޑަށް: ރައީސް

ދޮގު ޑޮކިއުމަންޓްރީތަކުގެ ސަބަބުން ދެ ދުނިޔޭގައި ވެސް ހުރިހާ މޮޅެއް އޮތީ އަޅުގަނޑަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---

އަބުރު ކަތިލުމަށްޓަކައި ދޮގު މައުލޫމާތު ހިމަނައިގެން ޑޮކިއުމަންޓްރީތައް ނެރުނު ނަމަވެސް އެކަމުގެ ސަބަބުން ދުނިޔެ އާއި އާހިރަތުގައި ހުރިހާ ގޮތަކުން ވެސް ފައިދާކުރާނީ އެމަނިކުފާނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ދާދި ފަހުން ”އަދަދު“ ނޫހުން ނެރުނު ޑޮކިއުމަންޓްރީއަކާ ގުޅިގެން އިދިކޮޅުގެ ފަރާތްތަކަށް ރައްދުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އަގުވައްޓާލުމުގެ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.

މީހެއްގެ އަގު ވައްޓާލުމުގެ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާއިރު ކެތްތެރިކަން އިސްކުރުމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ސަވާބާއި ދަރުމަ ލިބޭނެ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެފަދަ ކަންކަމުގެ ސަބަބުން ދުނިޔެ އާއި އާހިރަތުގައި ހުރިހާ ގޮތަކުން ވެސް ފައިދާކުރާނީ އެމަނިކުފާނަށް ކަމަށެވެ.

”އެހެންވީމަ އަޅުގަނޑު އެކަމާ އުފާކުރަން. އަޅުގަނޑު އެދެނީ ގިނަ ގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރެން. އަޅުގަނޑާ ބެހޭ ގޮތުން ތެދު ބަހުން ޑޮކިއުމެންޓްރީއެއް އަޅުގަނޑުގެ އަބުރު ކަތިލާކަށް ނުނެރެވޭނެ ޔަގީނުން ވެސް. ހުސް ދޮގު ހަދަން ޖެހޭނީ. ހުސް ދޮގު ހަދައިގެން ގިނައިން ނެރެންވީ. އަޅުގަނޑަށް އޭގައި އޮތީ ހުސް ފައިދާ. މި ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް އަޅުގަނޑަށް އެކަމުން އޮތީ ފައިދާ. ތިޔަބޭފުޅުން އަޅުގަނޑަށް އެހާ ގިނަ ސަވާބު ދެއްވަން ބޭނުން ނަމަ، ގިނަ ގިނައިން ޑޮކިއުމެންޓްރީ ހައްދަވާ. އަޅުގަނޑަށް އަޅުގަނޑަށް އޭގެން ހުރިހާ މޮޅެއް އޮތީ،“ – ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ވެސް ހޫނު ރައްދެއް ދެއްވައިފައެވެ. އެގޮތުން ރައީސްގެ ދެމަފިރިކަނބަލުންގެ ކައިވެނި ރޫޅިއްޖެ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އަންނަނީ ވާހަކަތައް ދައްކަމުންނެވެ.

އިދުކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، މެޑަމް ސާޖިދާ އިނގިރޭސިވިލާތަށް ވަޑައިގަތީ، ދަރިކަނބަލުންނާ ބައްދަލުކުރެއްވުމަށް ކަމަށާއި އެއީ މީގެ ދޮޅު މަހެއްހައި ދުވަސް ކުރިން ރޭވިފައިވާ ދަތުރެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަން ސިޔާސީ ކަމަކަށް ހަދަން މަސައްކަތްކުރާ ކަމަށް ރައީސް މުޢިއްްޒު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު