Saturday, 17 October 2026
Ads by

މޯދީގެ ވެރިކަމުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އިތުރުވަނީ: 4 މަސް ތެރޭ 13 މީހުން ޤަތުލުކޮށްލައިފި

މޯދީގެ ވެރިކަމުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އިތުރުވަނީ: 4 މަސް ތެރޭ 13 މީހުން ޤަތުލުކޮށްލައިފި

2002 ގެ ގުޖުރާތު ޤަތުލުޢާއްމުގެ އަޑީގައި މޯދީ: ހަމަނުޖެހުންތައް ފެށުމުގެ ކުރިން މުސްލިމުންނަށް "ފިލާވަޅެއް ދަސްކޮށްދޭން" ޖެހޭކަމަށް ގުޖުރާތުގެ ވެރިއަަކަށްހުރެ މޯދީ އެންގިކަން ކުރީގެ އިންޓެލިޖެންސް އޮފިސަރަކު ވަނީ ހެކިބަސްދީފައެވެ.

ނިއުދިއްލީ – އިންޑިއާގައި ކަނާއަތު ފިޔައިގެ ހިންދޫ ޤައުމިއްޔަތުގެ ހަރުކަށި ފިކުރުގެ މީހުން މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އިންތިހާއަށް އިތުރުވެފައިވާކަން އާ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. ”އިންޑިއާ ޕަރސިކިއުޝަން ޓްރެކަރ“ ގެ ހިސާބުތަކުން ދައްކާގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އެކަނިވެސް، ދީނީ ނަފްރަތުގެ ސަބަބުން ހިންގި ޙަމަލާތަކުގައި 13 މުސްލިމަކު ވަނީ މަރާލާފައެވެ.

Ad Image
Ads by

ޙަމަލާތަކުގެ ތަފްޞީލާއި އަމާޒުކުރި ފަރާތްތައް
މި ޙަމަލާތައް ހިންގާފައިވަނީ އިންޑިއާގެ އަށް ސްޓޭޓެއްގައެވެ. މި ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 15 އަހަރުގެ ކުޑަކުއްޖަކާއި، 65 އަހަރުގެ މީހެއްގެ އިތުރުން ދެ އަންހެނުން ހިމެނެއެވެ. މި ލާއިންސާނީ ޙަމަލާތައް ދީފައިވަނީ ހިންދޫ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންނެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ޤާނޫނީ ރައްކާތެރިކަން
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، މިފަދަ ޙަމަލާތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ގެންގުޅޭ ތަފާތުކުރުން ބޮޑު ސިޔާސަތުތަކާއި، މުސްލިމުންނާ ދެކޮޅަށް އުފައްދާ ނަފްރަތެވެ. ސިޔާސީ މާހިރުން ބުނާގޮތުގައި، ހިންދޫ ހަރުކަށި ފިކުރުގެ މީހުންނަށް ސަރުކާރުގެ ތެރެއިން ސިޔާސީ ގޮތުންނާއި ޤާނޫނީ ގޮތުން ހިމާޔަތް ލިބޭކަމުގެ ޔަޤީންކަން އޮތުމަކީ، އެއްވެސް ޖެހިލުމެއްނެތި މިފަދަ ޖަރީމާތައް ހިންގުމަށް ހުޅުވިފައިވާ މަގެކެވެ. ކުށްވެރިންނަށް އަދަބު ނުލިބި ސަލާމަތްވުމަކީ ދައުލަތުން މިކަމަށް ހިތްވަރުދޭކަމުގެ ހެއްކެކެވެ.

އިންޑިއާ ފަސްޓް: އިންޑިއާއާއި ކަޝްމީރުގެ މުސްލިމުންނަށް މޯދީ އަނިޔާވެރިވަމުންދިޔައިރުވެސް، އެމްޑީޕީ ސަރުކާރުން ވަނީ އޭނާއަށް ’ނިޝާން ޢިއްޒުއްދީން‘ ގެ ޝަރަފު އަރުވާފައި. މުސްލިމުންނާ މެދު ކަންކަން ކުރުމުގައި ހިންދޫ ހަރުކަށި ފިކުރުގެ މީހުންނެކޭ އެއްފަދައިން ލިބަރަލް ވާތުފިޔައިގެ މީހުންވެސް ގެންގުޅެނީ އިސްލާމޯފޯބިއާގެ އެއް ވިސްނުމެއް.

ރާއްޖެއަށް ކުރާނެ އަސަރާ ނުރައްކާ
މިފަދަ ނަސްލީ އަދި ދީނީ ތަފާތުކުރުންތަކުގެ ސަބަބުން ހިންގާ ޖަރީމާތަކަކީ މުޅި ދެކުނު އޭޝިއާގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ. މޯދީ ސަރުކާރުން މުސްލިމުންނާ މެދު ނަފްރަތު އުފައްދާ ބީދައިން ބަސްމަގު ބަހައްޓައި، ގެންގުޅެމުންދާ ތަފާތުކުރުމުގެ ސިޔާސަތާއި އަދި ސަރުކާރަށް ނިސްބަތްނުވާ ހަރުކަށި ޖަމާޢަތްތަކުން މިފަދަ ޢަމަލުތައް ހިންގުމުންވެސް ސަރުކާރުން އެކަން ނުހުއްޓުވުމަކީ ސަރުކާރުގެ ފެއިލިޔާ އާއި މުސްލިމުންނާ މެދު އާންމުކޮށް ދެކޭ ގޮތް ހާމަވާކަމުގެ ހެއްކެކެވެ. ތަޢުލީމާއި ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ދިވެހިން އިންޑިއާއަށް ދަތުރުކުރާއިރު، ޤައުމުގެ އެތެރޭގެ ހަމަނުޖެހުންތަކަކީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް މިންވަރާއި، ސިޔާސީ ބައެއް ލީޑަރުންނާ ބަހައްޓާ ގާތްގުޅުމާއި ގިނަ އަދަދެއްގެ އިންޑިއާ މީހުން ރާއްޖެއަށް އަންނައިރު މިއީ ރާއްޖޭގެ ޤައުމީ ސަލާމަތާއި ނުރައްކަލަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި