Saturday, 24 October 2026
Ads by

ރާއްޖޭގެ ދާހިލީ ކަމަކަށް އެއްވެސް ގައުމަކުން ނުފޫޒު ފޯރުވާފާނެ ކަމަށް ގަބޫލެއް ނުކުރެވޭ: މުންދު

ރާއްޖޭގެ ދާހިލީ ކަމަކަށް އެއްވެސް ގައުމަކުން ނުފޫޒު ފޯރުވާފާނެ ކަމަށް ގަބޫލެއް ނުކުރެވޭ: މުންދު

ރައީސުލްޖުމްހޫރިއްޔާގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް--- ފޮޓޯ: ރައީސުލްޖުމްޙޫރިއްޔާގެ އޮފީސް

ދިވެހިރާއްޖޭގެ ދާހިލީ ކަމަކަށް ބޭރުގެ އެއްވެސް ގައުމަކުން ނުފޫޒު ފޯރުވާފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މުންދު މި މޭރުމުން ވިދާޅުވީ، ”ޕްރެސަރ ވިތް ސްޕޮކްސް“ ގެ ނަމުގައި ޓެލެވިޒަން މޯލްޑިވްސްގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ”އެކި އެމްވީ“ ގެ ފަރާތުން ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިޔާ މުންދުއާ ކޮށްފައިވާ ސުވާލަކީ، ”އިދިކޮޅު އެމްޑީޕީގެ ކުރީގެ ދެ ރައީސުން ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީގެ ބީޖޭޕީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބޭ. މި ގައުމުގެ ކަންކަމުގެ ތެރެއަށް އިންޑިއާއިން އަަބަދުވެސް ނުފުޒު ފޯރުވާ. މި ހާލަތުގައި އިދިކޮޅުގެ ސިޔާސީ ކަންކަމަށް އެ ގައުމުގެ ނުފޫޒު އޮތް ކަމަށް ބެލެވޭތޯ؟ އަދި ހާރިޖީ ގުޅުން އޮތީ ކިހިނެއްތޯ؟.

ނޫސްވެރިޔާގެ އެ ސުވާލަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ވަޑައިގެން ބައްދަލުކުރެއްވި ބޭފުޅުންނާއި ކުރެއްވީ ކޮން މަޝްވަރާއެއްތޯ ސަރުކާރާ ހިއްސާނުކުރައްވާ ކަމަށެވެ. އަދި އެ ފަދަ މައުލޫމާތަކީ އެ ބޭފުޅުން ސަރުކާރާ ހިއްސާކުރައްވަން ކޮންމެހެން ލާޒިމު މައުލޫމާތުތަކެއް ނޫންކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.

”އެ ބޭފުޅުން އެ ތަނަށް ވަޑައިގަންނަވައިފަ ބައްދަލުކުރެއްވީ ކޮންކޮން ބޭފުޅުންނަކާ ކަމެއް ކުރެވުނީ ކޮން މަޝްވަރާއެއް ކަމެއްތޯ އަޅުގަނޑުމެންނަކާ ހިއްސާއެއް ނުކުރައްވާ، އަޅުގަނޑުމެންނާ ހިއްސާކުރައްވާކަށް ކޮންމެހެން ނުވެސްޖެހޭ،“ – މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ސިޔާސީ ގޮތުން ދެ ރައީސުން ކުރައްވާ މަސައްކަތަކީ އެ ބޭފުޅުންގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ. އެ މަސައްކަތް ކުރައްވަނީ ޒިންމާދާރު ކަމާއެކުގައި ކަމަށްވާނަމަ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެއީ އެ ބޭފުޅުންނަށް ލިބިދީފައިވާ ހައްގެއް ކަމަށް މުންދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އަބަދުވެސް އޮންނަނީ ވަރަށް ގާތް ގުޅުމެއްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ތަރައްގީގެ ގޮތުން ބެލިއަސް އަދި ހާރިޖީ ގޮތުން ބެލިއަސް ދެ ގައުމު އޮންނަނީ އެއް ގައުމު އަނެއް ގައުމާ ގުޅި ލާމެހިފައި ކަމަށެވެ.

”އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންގެ ދާހިލީ ކަމަކާ އެއްވެސް ބޭރު ފަރާތަކުން ނުފޫޒު ފޯރުވާނެއެކޭ،“ – މުންދު ވިދާޅުވިއެވެ.

އަދިހަމައެހެންމެ، ރާއްޖޭގެ ކަންތައްތައް އަމަންއޮމާންކޮށް ގާނޫނުއަސާސީއާ އެއްގޮތަށް ސުލްހަވެރިކަމާއެކު ދިއުމަކީ އަވަށްޓެރި ގައުމުތަކުން އަބަދުވެސް ބޭނުންވާ ގޮތް ކަމަށާއި، ދިވެހިރާއްޖެއިން އަވަށްޓެރި ގައުމުތަކަށް ހެޔޮ އެދޭ ފަދައިން އެ ގައުމުތަކުން ވެސް ދިވެހިރާއްޖެއަށް ހެޔޮ އެދޭނެ ކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.

މުންދު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ކަހަލަ އަސަރެއް ނުކުރާ ކަމަށާއި ދެ ގައުމުގެ ގުޅުން ވަރަށް ބަދަހި ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި