Wednesday, 9 September 2026
Ads by

ޔޫއޭއީގެ އައްސޭރިފަށުގައި ބަނދަރުކޮށްފައި އޮތް ބޯޓެއް ރަހީނުކޮށްގެން އީރާނަށް މިސްރާބުޖަހައިފި: އިނގެރޭސިވިލާތުގެ އަސްކަރިއްޔާ

ޔޫއޭއީގެ އައްސޭރިފަށުގައި ބަނދަރުކޮށްފައި އޮތް ބޯޓެއް ރަހީނުކޮށްގެން އީރާނަށް މިސްރާބުޖަހައިފި: އިނގެރޭސިވިލާތުގެ އަސްކަރިއްޔާ

ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިރުމަތީ އައްސޭރިފަށުގައި ބަނދަރުކޮށްފައި އޮތް ބޯޓެއް ހިފަހައްޓައި، އީރާނުގެ ކަނޑުގެ ސަރަހައްދާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން މިއަދު ބުނެފިއެވެ.

Ad Image
Ads by

ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ސެންޓަރުން ބުނި ގޮތުގައި، ޔޫއޭއީގެ ފުޖައިރާ ބަނދަރާ 38 ނޯޓިކަލް މޭލު އިރުއުތުރުން، ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ބަނދަރުކޮށްފައި އޮތް މި އުޅަނދަށް ހުއްދަނެތް ބަޔަކު އަރައި، އެ ބޯޓު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ.

މި ބޯޓު ހިފަހައްޓާފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު ޗައިނާގެ ލީޑަރު ޝީ ޖިންޕިންއާ ބައްދަލުކުރުމަށް ބެއިޖިންގް އަށް ކޮށްފައިވާ މުހިއްމު ދަތުރުގެ ތެރެއިންނެވެ. މި ދެ ލީޑަރުންގެ މަޝްވަރާތައް ބޮޑަށް ބިނާވާނީ އީރާނާ އެކު ކުރެވެމުންދާ ހަނގުރާމައަށް ކަމަށް ބެލެވެއެވެ. މި ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް އަދި އެހެނިހެން މުދަލުގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް އެޅި، ދުނިޔޭގެ އިޤްތިޞާދަށް ވަނީ ލޮޅުން އަރާފައެވެ.

މި ހާދިސާ ހިނގާފައިވަނީ، އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިއްރިއްޔާތުގައި ޔޫއޭއީއަށް ޒިޔާރަތް ކުރިކަމަށް ކަމަށް އިޒްރޭލުން ބުނިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ. ނަމަވެސް، ޔޫއޭއީ އިން ވަނީ އެފަދަ އެއްވެސް ސިއްރު ޒިޔާރަތެއް ހިނގާފައި ނުވާކަމަށް ބުނެ އެކަން ވަގުތުން ދޮގުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު