Wednesday, 9 September 2026
Ads by

ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ދުރާލާ ފިޔަވަޅު އަޅަންޖެހޭ: ސާޖިދާ

ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ދުރާލާ ފިޔަވަޅު އަޅަންޖެހޭ: ސާޖިދާ

ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ދުރާލާ ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސާޖިދާ މިފަދައިން ވިދާޅުބީ ޗޭންޖިންގ ޕޮޕިއުލޭޝަން ޑައިނަމިކްސް އިން ދަ މޯލްޑިވްސް“ މަތީ ފަންތީގެ ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ސެޝަނަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓާއި، އ.ދ.ގެ އާބާދީ ޖަމްޢިއްޔާ (ޔޫ.އެން.އެފް.ޕީ.އޭ)ގެ ދިވެހިރާއްޖޭގެ އޮފީސް އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން އިންތިޒާމުކުރި ސެޝަނެކެވެ.

މި ސެޝަނުގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން އެކަމަނާވަނީ ރާއްޖޭގައި މުސްކުޅި ޢުމުރުގެ އާބާދީ އިތުރުވަމުންދިއުމާއި، ވިހާ ނިސްބަތް ދަށްވަމުންދާކަން ފާހަގަކުރައްވައި މިކަންކަމަށް ފިޔަވަޅު އެޅުމަށް ގުޅިލާމެހިފައިވާ ސިޔާސަތުތަކެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދުވަސްވީ މީހުންނަށްޓަކައި ގާއިމުކޮށްފައިވާ ”އިސްރަށްވެހީންގެ ނާދީ“ އަދި ހަމައެހެންމެ އައި.ވީ.އެފް އަދި އައި.ޔޫ.އައިގެ ފަރުވާ ފަދަ ފަރުވާތައް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދިއުން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އާބާދީއަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކުން ކާމިޔާބުކަމާއެކު އަރައިގަތުމަށްޓަކައި ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ ދެމެހެއްޓެނިވި އުމުރާނީ ތަރައްޤީގެ މަޝްރޫޢު ”ރަސްމާލެ“ އަދި ސަރުކާރުގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭންފަދަ ގެންގުޅޭ ވަށާޖެހޭ ގޮތްތައް ފާހަގަކުރައްވާފައެވެ.

އެމަނަކާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ދުވަސްވީ މީހުންގެ ނިސްބަތް ގިނަ އާބާދީއަކަށް ނުވަތަ މުސްކުޅި އާބާދީއަކަށް ރާއްޖޭގެ އާބާދީ ބަދަލުވަމުންދާދިއުމަށް ފިޔަވަޅުއަޅައި، ވިލުންތެރިކަންއިތުރުކޮށް ޤައުމުގައި ފާހަގަތިކަން ދެމެހެއްޓުމަށް ، ޖިންސީ ހަމަހަމަކަން ޕްރޮމޯޓްކޮށް މީހުންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް މިސަރުކާރުން ދިވެހިރާއްޖެއަށް ތަރައްޤީ ގެނައުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތައްވެސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ”ސެންސަސް 2022 އެނަލިޓިކް ޗެޕްޓަރސް އެންޑް އެޓޯލްސް ކާޑް“ އިފުތިތާޙް ކޮށްދެއްވާފައެވެ. މިސެޝަންގައި އާބާދީ އަންނަ ބަދަލާގުޅޭ މުހިންމު ވީޑިއޯ ދެއްކުން އޮތެވެ. އަދި އެއަށްފަހު ޕެނަލް ޑިސްކަޝަނެއް ބާއްވާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި