Sunday, 26 July 2026
Ads by

ނޫސްވެރިންގެ ހިމާޔަތުގައި ކަމަށް ވިދާޅުވެ، އެމްޑީޕީއާ ގުޅުމުން ޝުޖާއުގެ ފާޑުކިޔުން ޔާމީނަށް!

ނޫސްވެރިންގެ ހިމާޔަތުގައި ކަމަށް ވިދާޅުވެ، އެމްޑީޕީއާ ގުޅުމުން ޝުޖާއުގެ ފާޑުކިޔުން ޔާމީނަށް!

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު---

ނޫސްވެރިކަމުގެ މިނިވަންކަން އިހު އޮތްގޮތަށް އިޔާދަކުރުމަށް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިދިކޮޅު އެމްޑީޕީއާ ގުޅުމުން، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކޯޓު އަމުރަކާ ހިލާފުވުމުގެ ސަބަބުން ”އަދަދު“ ނޫހުގެ ދެ ނޫސްވެރިއަކު ހައްޔަރުކުރުމާ ގުޅިގެން ރައީސް ޔާމީން ވަނީ ނޫސްވެރިންގެ ހިމާޔަތުގައި އެމްޑީޕީއާއިއެކު ގުޅިގެން މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީނުގެ ނިންމުމާ ގުޅިގެން މެންބަރު ޝުޖާއު މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިންގެ ހިމާޔަތުގައި ކަމަށް ވިދާޅުވެ ވާހަކަދައްކަވާތީ އެމަނިކުފާނަށް ނޫސްވެރިން މަލާމާތްކުރާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ނޫސްވެރިން އުޅެންޖެހުނު ގޮތް ހަނދާން ނުނެތޭ ކަމަށާއި، އެމަނިކުފާނު އެ ފަދަ މޭރުމަކުން ވާހަކަދެއްކެވުމުން ރާއްޖެ ޓީވީ ފަންޑު ފޮށި ބެހެއްޓި ނޫސްވެރިން އެކަމަށް މަލާމަތްކުރާ ކަމަށެވެ.

”ނޫސްވެރިންގެ ހިމާޔަތުގައޭ މަނިކުފާނު ވިދާޅުވީމާ ނޫސްވެރިން މަނިކުފާނަށް އެބަ މަލާމާތްކުރޭ، މަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިން އުޅެންޖެހުނު ގޮތް އެ ކުދިންގެ ހަނދާނުން ނުފިލާ ކަމަށް ވިދާޅުވި“ – ޝުޖާއު ވިދާޅުވިއެވެ.

ނޫސްވެރިންގެ ހިމާޔަތުގައި ނުުކުންނަވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެމަނިކުފާނުގެ ވެރިކަން ފާހަގަކުރެވިގެން ދިޔައީ ނޫސްވެރިންނަށް އަމާޒުކޮށް އެތައް ދަތިތަކެއް ކުރިމަތިކުރި ވެރިކަމެއްގެ ގޮތުގައެވެ. އެގޮތުން އަބުރުގެ ގާނޫނެއް ވުޖޫދުކޮށް އެތައް ނޫހަކާއި ވަކިވަކި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ސަބަބުން، ރާއްޖެ ޓީވީ ފަދަ ބައެއް ޓީވީ ޗެނަލްތަކާއި ނޫސްތަކުން ފަންޑު ފޮށި ބަހައްޓަން ވެސް މަޖުބޫރުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީނަކީ ނޫސްވެރިންނާ އެންމެ ބީރަށްޓެހި ރައީސްގެ ގޮތުގައި މަޝްހޫރުވެފައިވާ ރައީސް ވެސް މެއެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިންނާއެކު ބައްދަލުކުރެއްވުންތައް ބާއްވާފައިވަނީ ވެސް އަތުން ގުނާލެވޭހައި މަދު ފަހަރެއްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި