Wednesday, 9 September 2026
Ads by

ނޫސްވެރިންނަށް އެންމެ އަނިޔާކުރި ޔާމީން ނޫސްވެރިންގެ ދިފާއުގައި އެމްޑީޕީއަށް، ޖޯކު ދޯ!

ނޫސްވެރިންނަށް އެންމެ އަނިޔާކުރި ޔާމީން ނޫސްވެރިންގެ ދިފާއުގައި އެމްޑީޕީއަށް، ޖޯކު ދޯ!

ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ނޫސްވެރިންނަށް އެތަކެއް އަނިޔާތަކެއް ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކޯޓު އަމުރަކާ ހިލާފު ކަމަށް ބުނާ މައްސަލައެއްގައި އިއްޔެ ވަނީ ދެ ނޫސްވެރިން ޖަލަށްލާފައެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ކުރީގެ ތިން ރައީސުން ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް، އެކުގައި ގައުމު ސަލާމަތްކުރަން ނުކުންނަވަން ގޮވާލައްވާފައެވެ.

އެއާއެކު ރައިސް ޔާމީން މިއަދު ވަނީ އެކަމަށް އިޖާބަދީ ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިންގެ ހައްގުގައި ނުުކުންނަވަން ތައްޔާރަށް ހުންނެވިކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެ މަނިކުފާނުގެ ވެރިކަމުގައި ވަނީ ނޫސްވެރިންނަށް އެތައް ދަތިތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން އަނބުރުގެ ގާނޫނެއް ވުޖޫދުކޮށް އެތައް ނޫހަކާއި ވަކިވަކި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރިއެވެ. އެ ސަބަބާހުރެ ބައެއް ނޫސްތަކުން ފަންޑު ފޮށި ބަހައްޓަންވެސް މަޖުބޫރުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް ޔާމީނަކީ ރާއްޖޭގެ ތާރީހުގައިވެސް ނޫސްވެރިންނާ އެންމެ ބީރަށްޓެހި ރައީސެކެވެ. އެގޮތުން އެ މަނިކުފާނުގެ ދައުރުގައި ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީވެސް މަދު ފަހަރެއްގައެވެ،

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި