Sunday, 26 July 2026
Ads by

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ ދެމީހަކު ޖަލަށްލުމަށް ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ ދެމީހަކު ޖަލަށްލުމަށް ހުކުމްކޮށްފި

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ނ. ވެލިދޫއަށް ނިސްބަތްވާ ދެމީހަކު ދިގު މުއްދަތަކަށް ޖަލަށްލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

Ad Image
Ads by

މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ނ. ވެލިދޫ، ދިލްބަހާރުގެ، އަޙްމަދު އިބްރާހީމް (44އ) އާއި އެ ރަށު ހެޕީގާރޑްން، ޙުސައިން އިބްރާހީމް (39އ) ގެ މައްޗަށެވެ.

އަޙްމަދު އިބްރާހީމްގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށާއި ކެނެބިސް ބޭނުންކުރުމުގެ ކުށް ވަނީ ސާބިތުވެފައެވެ. މި ދެކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 25 އަހަރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށާއި، ކެނެބިސް ބޭނުންކުރި މައްސަލައިގައި އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް އޭނާ ތަންފީޒުކުރަންޖެހޭ ޖަލު އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 27 އަހަރާއި 11 މަހާއި 5 ދުވަހެވެ. އަޙްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ 2024 މެއި 7 ގައެވެ.

ޙުސައިން އިބްރާހީމްގެ މައްޗަށް ސާބިތުވެފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށެވެ. އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާވެސް 25 އަހަރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އޭނާ ބަންދުގައި ހޭދަކުރީ މުއްދަތަށް އުނިކުރުމަށްފަހު، ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 11 މަހާއި 14 ދުވަސް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ޙުސައިން އިބްރާހީމް ހައްޔަރުކޮށްފައިވަނީ 2022 އެޕްރީލް 11 ގައެވެ.

ކޯޓުން މި ދެމީހުންގެ މައްޗަށް ހުކުމް އިއްވާފައިވަނީ 2026 މެއި 12 ވަނަ ދުވަހުއެވެ.

މި މައްސަލަތަކަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ހިންގި ތަހުގީގުތަކުގެ ނަތީޖާއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް އެ މުއައްސަސާއިން ދަނީ ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި