މަސްތުވާތަކެތީގެ މައްސަލައެއްގައި އެމްޑީޕީގެ ގައުމީ މަޖިލިހަށް ވާދަކުރާ އައިޝަތު ނަޖުދާ 21އ އަލީ ހައްޔަރުކޮށްފިއެވެ.
ނަޖުދާ ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައީސް ކަމަށް ވާދަކުރާނެ ކަން އިއުލާންކޮށްފައެވެ.
ކްރިމިނަލް ކޯޓުން ވަނީ އިއްޔެ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ސޮއިކުރައްވައި ނެރުއްވި ބަންދު އަމުރުގައިވާ ގޮތުން ނަޖުދާ ބަންދު ކުރަން އަމުރު ކުރީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީއާއި ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ ނަޖުދާގެ މައްޗަށް ވަނީ އުފުލައިފައެވެ













