Saturday, 24 October 2026
Ads by

ދެމެހެއްޓެނިވި ޞިއްޙީ ނިޒާމެއްގެ ބިންގަލަކީ ނަރުހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދެމެހެއްޓެނިވި ޞިއްޙީ ނިޒާމެއްގެ ބިންގަލަކީ ނަރުހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ސިއްޙީ ދާއިރާގައި ނަރުހުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޚާއްޞަ މެސެޖެއް ފޮނުއްވާފައެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ނަރުހުންނަކީ ދެމެހެއްޓެނިވި ޞިއްޙީ ނިޒާމެއްގެ އެންމެ ވަރުގަދަ ބިންގަލެވެ. ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުމުގެ އިތުރުން، މުޅި މުޖުތަމައުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ނަރުހުން އަދާކުރަނީ އަގުނުކުރެވޭފަދަ މުހިންމު ދައުރެކެވެ. ދުނިޔެއަށް ކުރިމަތިވަމުންދާ ޞިއްޙީ ގޮންޖެހުންތަކާއެކު، ނަރުހުންގެ ޚިދުމަތުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ނަރުހުންގެ ކުރިއެރުމަށާއި ދުޅަހެޔޮކަމަށް އިސްކަންދޭނެކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް މި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ނަރުހުންގެ މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށާއި، ލިބޭ ޢިނާޔަތްތައް އިތުރުކުރުމުގެ އިތުރުން، ސިޔާސަތުތައް ވަރުގަދަކޮށް ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެއެވެ. މީގެ ބޭނުމަކީ ކުރިމަގުގައި ރާއްޖޭގައި ވަރުގަދަ އަދި އިތުބާރު ހުރި ޞިއްޙީ ނިޒާމެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ނަރުހުން ޤައުމަށްޓަކައި ވަމުންދާ ގުރުބާނީއަށާއި ކުރަމުންދާ އިޚްލާޞްތެރި މަސައްކަތަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތުގެ އަޑިން ޝުކުރު އަދާކުރައްވާފައެވެ.

ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ ނަރުހުންގެ ފަންނީ އަދި އަމިއްލަ ކުރިއެރުމަށް މަގުފަހިކޮށްދީ، ޝަރަފުވެރި ދިރިއުޅުމެއް އެފަރާތްތަކަށް ހޯދައިދިނުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ