Saturday, 24 October 2026
Ads by

ބިދޭސީންގެ އެކައުންޓްތަކަށް ފައިސާ ދައުރުކުރާ ގޮތް ބަލަނީ

ބިދޭސީންގެ އެކައުންޓްތަކަށް ފައިސާ ދައުރުކުރާ ގޮތް ބަލަނީ

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ގަވާއިދާ ހިލާފަށް ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަތައް ދެނެގަތުމަށް، ބިދޭސީންގެ އެކައުންޓުތަކުގައި ފައިސާ ދައުރުކުރާ ގޮތް ބެލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ސަޢީދު ވިދާޅުވީ، ބައެއް ވިޔަފާރިތަކުގައި ބިދޭސީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ބުނެ ގިނަ ޝަކުވާތަކެއް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓްރީން އިސްވެ އެފަދަ ވިޔަފާރިތައް ބަލައި ފާސްކުރިއިރު، އެތަންތަނަކީ ގިނަ ފަހަރަށް ދިވެހިންގެ ނަމުގައި ހިންގަމުން އަންނަ ވިޔަފާރިތައްކަން ފާހަގަކުރެވިފައިވާ ކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ. ސަޢީދު ވިދާޅުވީ، މިފަދަ ތަންތަން ބަލައި ފާސްކުރުމަށްފަހު އެތަނުގައި މަސައްކަތް ކުރާ ބިދޭސީ މީހާއަކީ ގަވައިދާ ހިލާފަށް މަސައްކަތްކުރާ މީހެއްތޯ ބަލާ ކަމަށާއި، ގަވައިދާ ހިލާފަށް މަސައްކަތްކުރާ މީހެއް ނަމަ، ވަގުތުން އެ މީހަކު އިމިގްރޭޝަނާ ހަވާލުކުރާ ކަމަށެވެ.

ސަޢީދު ވިދާޅުވި ގޮތުގައި، އެފަދަ މައްސަލަތައް ފާހަގަކުރެވުމުން އެކަމަށް ހައްލެއް ހޯދުމަށް، ވިޔަފާރިވެރިންނާއި ބިޒްނަސް ކައުންސިލަށް ހުށަހެޅި ކަމަށާއި، ބިޒްނަސް ކައުންސިލާއި ވިޔަފާރިވެރިން ވެސް ލަފާދީފައިވަނީ ބިދޭސީންގެ މީރާ އެކައުންޓާއި ބޭންކު އެކައުންޓުތައް ދައުރުވާ ގޮތް ބެލުމަށް ކަމަށެވެ.

ސަޢީދު ވަނީ ބިދޭސީން ހަރަކާތްތެރިވާ ވިޔަފާރިތަކާ ގުޅޭގޮތުން ވެސް މައުލޫމާތުތަކެއް ހިއްސާކުރައްވައިފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް 242 ތަނެއް ބަލައި ފާސްކޮށް އޭގެތެރެއިން 102 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ، ބަންދު ކުރި ވިޔަފާރިތަކުގެ ތެރެއިން ޖުމުލަ 57 ތަނަކީ ނުގަވައިދުން ހިންގަމުންދިޔަ ވިޔަފާރިތަކެއް ކަމަށާއި އޭގެ ތެރޭގައި ސެލޫން އަދި ސްޕާގެ ގޮތުގައި ހިންގާ 45 ތަނެއް ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ބަންދު ކުރި ވިޔަފާރިތަކުގެ ތެރެއިން ވަރަށް ކުދިކުދި މައްސަލަތަކާ ގުޅިގެން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އަންގައި، އެކަންކަން ރަނގަޅުކުރުމުން 61 ތަން އަލުން ހުޅުވަން ހުއްދަ ދީފައިވާނެ ކަމަށް ސަޢީދު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި