Wednesday, 9 September 2026
Ads by

މުސްލިމުންނަށް އޮތީ ހެކި ދެއްކެން ނެތް ވާހަކަތައް ނުދެއްކުން: ޝެއިޚް ޒައިދު

މުސްލިމުންނަށް އޮތީ ހެކި ދެއްކެން ނެތް ވާހަކަތައް ނުދެއްކުން: ޝެއިޚް ޒައިދު

ދީނީ އިލްމުވެރިޔާ ޢަލީ ޒައިދު---

މުސްލިމުންނަށް އޮތީ ހެކި ދެއްކެން ނެތް ވާހަކަތައް ނުދެއްކުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝެއިޚް މި މޭރުމުން ވިދާޅުވީ ”އަދަދު“ ނޫހުން މި ފަހުން ދައުރުކޮށްފައިވާ ޑޮކިއުމަންޓްރީއާ ގުޅިގެން، މުޖުތަމައުގެ ތެރޭގައި ދައްކަން ނުޖެހޭ ފަދަ ބޭއަދަބީ ވާހަކަތައްދައްކަމުން އަންނަ ފަރާތްތައް އިތުރުވަމުންދާތީ މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޝެއިޚް ވިދާޅުވީ، މުސްލިމުންނަށް އޮތީ ހެކި ދެއްކެން ނެތް ވާހަކަ ނުދެއްކުން ކަމަށާއި ވަކިން ހާއްސަކޮށް ފާހިޝް ކަންކަމުގެ ވާހަކަތައް، ހެކި ނެތް ހާލަތުގައި ފެތުރުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ.

ބުއްދި ސަލާމަތުން ހުރި މީހަކު، އަމިއްލަ ނަފްސުގެ މައްޗަށް ފާހިޝްކަން ސާބިތުކުރާނަމަ އެފަދަ މީހެއްގެ މައްޗަށް އެއީ އަދި ދޮގެއްކަމަށް ވިޔަސް ފިޔަވަޅުއެޅިދާނެކަން ފާހަގަކުރައްވައި ޝެއިޚް ވިދާޅުވީ، ހެއްކެއް ނެތި ހަމަ އެކަނި މީހަކު އައިސް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ވާ އިގުރާރަކުން އަނެއް މީހާ އިޖުރާމް ނުކުރެވޭނެ ކަމަށެވެ.

”މީހަކު އަމިއްލަ ނަފްސުގެ މައްޗަށް ފާހިޝްކަން ސާބިތުކުރާނަމަ އެފަދަ މީހެއްގެ މައްޗަށް އެއީ އަދި ދޮގެއްކަމަށްވިޔަސް ފިޔަވަޅު އެޅިދާނެ، އެއީ އެފަދަ އިންސާނަކީ ބުއްދި ސަލާމަތުން ހުރި މީހެއްކަމަށްވާނަމަ،“ – ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް އިތުރަށް ވިދާޅުވީ، ގިނަ ފަހަރަށް ލާރިއާއި ސިޔާސީ ފައިދާއަށް ބައެއް ފަރާތްތަކުން މިފަދަ ނުބައިކަންކަން، ވަކިން ހާއްސަކޮށް މީހުންގެ ކަތިލުމަށްޓަކައި އަމިއްލަ ނަފްސަށް އިގުރާރްވުން ފަދަކަންކަން ކުރާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު