Wednesday, 9 September 2026
Ads by

ގަސްތުގައި ކޯޓު އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުން ޝަހުޒާން ކޯޓަށް ހާޒިރުކުރަނީ

ގަސްތުގައި ކޯޓު އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުން ޝަހުޒާން ކޯޓަށް ހާޒިރުކުރަނީ

”އަދަދު“ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ކޯޓު އަމުރާ ހިލާފުވެ ކަމަށް ބެލެވޭތީ، އެ މައްސަލައިގައި ޖަވާބުދާރީވުމަށް މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގަައިފިއެވެ.

Ad Image
Ads by

ޝަހްޒާން ކޯޓު އަމުރާ ހިލާފުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ޝަހްޒާން ވަނީ ”އަދަދު“ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ސުވާލުކުރުމުން ވަނީ ރައީސް އޮފީހުގެ ޕްރެސް ރޫމުން އޭނާ ބޭރުކޮށްފައެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށާއި އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް އަމުރުކޮށްފައެވެ.

ނަމަވެސް މިއަދު އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ވާހަކަދައްފާއިވާއިރު، ކޯޓަށް ހާޒިރުވުމަށް އަންގައި ޝަހްޒާނަށް ފޮނުވި އަމުރުގައި  ވަނީ އެ ކޯޓުން ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު ނެރެފައި ވަނިކޮށް، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހްޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، އެ އަމުރާއި ހިލާފު ވާހަަކަތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

އޭގެން ކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެންޑުން ކަމަށް ކޯޓުގެ އަމުރުގައިވެއެވެ.

އެހެންކަމުން ކޯޓުގެ ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި މާދަމާ 13:00 އަށް އެ ކޯޓަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަަންގާފައެވެ. ކޯޓުގެ ހުރުމަތް ކެނޑުމަކީ ތިން މަހުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ.

 

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި