Sunday, 26 July 2026
Ads by

ސޯފާ ހިފައިގެން ބޭއަދަބީ ވާހަކަތަކާއެކު ލާހޫރޭތީ ޔާމީންގެ ޕީއެންއެފް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ސޯފާ ހިފައިގެން ބޭއަދަބީ ވާހަކަތަކާއެކު ލާހޫރޭތީ ޔާމީންގެ ޕީއެންއެފް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އެކި ގްރެފިކްސް: ރާއިޤް

ސިޔާސީ ޕާޓީތަކުގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވެފައިވާތީ ކުރީގެ ޢަބްދުﷲ ރައީސް ޔާމީނުގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނާ ތަކުރާރުކޮށް ޕީއެންއެފްއިން ހިލާފުވެފައިވާތީ އެއްލައްކަ ރުފިޔާއިން އެ ޕާޓީ ޖޫރިމަނާ ކުރާ ކަމަށެވެ. މީގެ އިތުރަށް ގާނޫނާ ހިލާފުވާނަމަ ވަކިވަކި ފަރާތްތަކާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ކޮމިޝަނުން ވަނީ ދީފައެވެ.

އީސީން ފާހަގަކޮށްފައިވާ ގޮތުގައި، ޕީއެންއެފްއިން ދަނީ އެހެން ޕާޓީތަކުގެ ބައްދަލުވުންތަކަށް ހުރަސް އެޅޭ ފަދަ އަމަލުކޮށް، އެހެން ޕާޓީއެއްގެ ބައްދަލުވުމެއް ހިނގަމުންދާ ތަނެއްގައި އެ ވަގުތާ ދިމާކޮށް ހަރަކާތްތައް ބާއްވައި، ހުއްދަ ނޫން ތަންތާނގައި އާންމު ބައްދަލުވުން ބޭއްވުމުގެ އިތުރުން އާންމު ބައްދަލުވުން ބާއްވާ ތަނާއި ވަގުތު 24 ގަޑިއިރު ކުރިން ކޮމިޝަނަށް ނާންގައި ހަރަކާތްތައް ބާއްވަމުންނެވެ.

މިކަންކަން ފާހަގަކޮށް މީގެ ކުރިން ނަސޭހަތްތެރިވެ، ސިޓީ ފޮނުވައި، ކޮމިޝަނާ ބައްދަލުކުރުމަށް ޕީއެންއެފްއަށް ދައުވަތުދީފައިވީ ނަމަވެސް އެ ޕާޓީން ސިޓީއަށް ޖަވާބެއް ދީފައިނުވުމުގެ އިތުރުން، ކޮމިޝަނާ ބައްދަލުކުރުމަށް ވެސް އިންކާރުކޮށްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

ޕީއެންއެފް ޖޫރިމަނާކޮށްފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނަމުގައި ޕީއެންއެފްގެ އެކްޓިވިސްޓުން އަންނަނީކޮންމެ ރެއަކު ވެސް ބޭއަދަބީ މުޒާހަރާތައް ބާއްވަމުންނެވެ. މި މުޒާހަރާތަކުގައި ބޭއަދަބީ ވާހަކަތައްދެއްކުމާއި އަވަގުރާނަ ގޮވުން ފަދަ އާންމު އިޖުތިމާއި މިންގަނޑުތަކާ ހިލާފު އެތައް ކަމެއް އެ ޕާޓީގެ އެކްޓިވިސްޓުން އަންނަނީ ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި