Wednesday, 9 September 2026
Ads by

ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާ، ކޯޓުގެ ހުރުމަތް ކެނޑުމަށް އޮތް ފުރުސަތެއް ނޫން: ސަޢީދު

ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާ، ކޯޓުގެ ހުރުމަތް ކެނޑުމަށް އޮތް ފުރުސަތެއް ނޫން: ސަޢީދު

އިކޮނޮމިކް މިނިސްޓަރު ސަޢީދު---

ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާ، ކޯޓުތަކުގެ ހުރުމަތް ކެނޑުމަށް އޮތް ފުރުސަތެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ”އަދަދު“ ނޫހުގެ ނޫސްވެރިޔަކު އަމަލުކުރި ގޮތާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ސަޢީދު ވިދާޅުވީ، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް މި ސަރުކާރުން އަބަދުވެސް ޖާގަދީފައިވާ ކަމަށާއި އެއީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސް ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ލިބިފައިވާ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އޭގެ ހިޔަންޏަށް ވަދެ ތިބެ، ވާދަވެރި ސިޔާސީ ޕާޓީއަކުން އިދިކޮޅު ހަރަކާތްތައް ހިންގާ އުސޫލުން ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީސްތެރޭ ހަޅުތާލުކުރާ މޭރުމުން ކަންކަން ކުރާ ކަމަށާއި، ބައެއްް ނޫސްތަކުން ނޫސްވެރިކަމުގެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ.

”ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާ، ދޮގު ވާހަކަ ހަދަހަދައިގެން އިއްވުމާ، ގާނޫނުތައް މުގުރުމާ، ކޯޓުތަކުގެ ހުރުމަތް ކެނޑުމަށް އޮތް ފުރުސަތެއް ނޫން،“ – މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މީގެ ކުރީގެ އެއްވެސް ސަރުކާރެއްގައި ނޫސްވެރިންނަށް މައުލޫމާތުތައް ފޯރުކޮށްނުދޭ މިންވަރަށް މި ސަރުކާރުގައި ރައީސް މުޢިއްޒު އެ ފުރުސަތު ނޫސްވެރިންނަށް ދެއްވާފައިވާކަން ފާހަގަކުރައްވައި ސަޢީދު ވިދާޅުވީ، އެއްވެސް އިތުރު މޮޑަރޭޝަންއަކާ ނުލައި ކޮންމެ ހަފްތާއަކު އެއްފަހަރު ސީދާ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ހިދުމަތްތަކާއި ސިޔާސަތުތައް ޒިންމާދާރު ނޫސްވެރިކަމުގެ ތެރެއިން ހާމަކޮށްދެއްވުމަށް ކަމަށެވެ.

އެހެންކަމުން މި އަގުހުރި ފުރުސަތުގެ ބޭނުން ރައްޔިތުންނަށް ފައިދާހުރި ގޮތަށް އަދި ޝަރުއީ ގާނޫނީ އަމުރުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު ހިފުމަށް ސަޢީދު ވަނީ ނޫސްވެރިންނަށް ނަސޭހަތްތެރިވެފައެވެ.
Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި