Wednesday, 9 September 2026
Ads by

އިޒްރޭލު އަސްކަރިއްޔާއިން އޭއައި ބޭނުންކޮށްގެން ލުބުނާނުގައި މީހުންނަށް ހަމަލާދިންކަން ފަޅާއަރައިފި

އިޒްރޭލު އަސްކަރިއްޔާއިން އޭއައި ބޭނުންކޮށްގެން ލުބުނާނުގައި މީހުންނަށް ހަމަލާދިންކަން ފަޅާއަރައިފި

ލުބުނާނުގައި ވަކިވަކި ފަރުދުން ހޯދައި މަރާލުމަށް އިޒްރޭލު އަސްކަރިއްޔާއިން އޭއައި ޓާގެޓިން ސިސްޓަމެއް ބޭނުންކުރަމުންދާ ކަމަށް ކަމަށް ’ލޮސް އެންޖެލިސް ޓައިމްސް‘ އިން ރިޕޯޓްކޮށްފިއެވެ. މި ސިސްޓަމަކީ ހަނގުރާމަވެރިންނާއި އާންމު ރައްޔިތުން ޔަގީންކަމާއިއެކު ވަކިކުރަން ނޭނގޭ ސިސްޓަމެއް ކަމަށް ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ.

Ad Image
Ads by

މި ސިސްޓަމަކީ ފޯނުގެ މެޓަޑޭޓާއާ، ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީއާ، ޑްރޯން ސާވޭލަންސްއާ، ސިމް ކާޑު ޓްރެކިން އަދި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކުން މައުލޫމާތު އެއްކުރާ ސިސްޓަމެކެވެ. އަދި މި މައުލޫމާތުތައް ޕްރޮސެސް ކުރަނީ ޕަލަންޓިއާގެ ’މޭވަން‘ ހިމެނޭހެން ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.

ތަޖުރިބާކާރުން ފާހަގަކޮށްފައިވާ ގޮތުގައި ހަނގުރާމަވެރިއެއްކަމުގެ ސީދާ ހެއްކަށް ބެލުމުގެ ބަދަލުގައި، އުޅުމާއި ގުޅުންތައް ހުންނަ ގޮތުގެ މައްޗަށް ބިނާކޮށް ނުރައްކަލެއް އޮތްކަމަށް މި ސިސްޓަމުން ދެނެގަތުމުގެ ސަބަބުން ހަނގުރާމަވެރިންނާ އެއްގޮތް މުއާމަލާތްތަކެއް ހުންނަ މީހުންވެސް މި ސިސްޓަމުން ނުރައްކާތެރި ބައެއްގެ ގޮތުގައި ފާހަކުރެވެއެވެ.

އަދި މީގެ އިތުރުން ހަމައެކަނި ފެންނަން ހުރި މައުލޫމާތުތަކެއް އެކަތި އަނެކައްޗާ އަޅާކިޔައި ޕެޓާންތަކެއް ހޯދާ ސިސްޓަމަކަށް ވުމުން އެޔަށް ލިބޭ މައުލޫމާތުގައި ކުށެއް އުޅޭނަމަ، އިންސާނަކު އެ ނަތީޖާއާ މެދު ސުވާލު އުފެއްދުމެއް ނެތި، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ގޯސްތައް މެދުނުކެނޑި މި ސިސްޓަމުން ތަކުރާރު ކުރަމުންދާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލުން ވަނީ ޣައްޒާގައި ދެމުންގެންދާ ހަމަލާތަކުގައިވެސް ޕަލަންޓިއާގެ މިފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު