Wednesday, 9 September 2026
Ads by

އެމްޑީޕީ ސަރުކާރުގަ އިންޑިއާއިން ނަގާފައިއޮތް 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރު ދައްކާ ޚަލާސްކޮށްފި

އެމްޑީޕީ ސަރުކާރުގަ އިންޑިއާއިން ނަގާފައިއޮތް 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރު ދައްކާ ޚަލާސްކޮށްފި

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އިންޑިއާއިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ބޮޑު ދަރަނީގެ ތެރެއިން، މިއަދަށް މުއްދަތު ހަމަވި 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދައްކާ ޚަލާސްކޮށްފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad Image
Ads by

މިކަން ހާމަކުރެއްވީ މިހާރު ރައީސްއޮފީހުގައި ކުރިއަށްދާ ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރުން އަންނަނީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަމުންނެވެ. އެގޮތުން ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި އެކަނިވެސް ޖުމްލަ 974 މިލިއަން ޑޮލަރު ދައްކާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި 524 މިލިއަން ޑޮލަރުގެ ސުކޫކާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ އިތުރުން މިއަދު ދެއްކި 50 މިލިއަން ޑޮލަރު ހިމެނެއެވެ.

އިންޑިއާއިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނުގެ ތަފްސީލް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން 50 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށެވެ. އެއީ މާޗް 17، ޖޫން 26 އަދި އޮކްޓޯބަރު 1، 2019 ގައެވެ. މި ދަރަނިތައް ނިމިދިޔަ ސަރުކާރުން ކޮންމެ އަހަރަކުވެސް އައީ ދައްކައި ޚަލާސްކުރުމުގެ ބަދަލުގައި ”ރޯލްއޯވަރ“ ކުރަމުންނެވެ.

”އާދެ އަޅުގަނޑުމެން މިއަންނަނީ މީގެކުރީގެ ސަރުކާރުތަކުން ނަގާފައިހުރި ދަރަނިތައް ދައްކަމުން. އެހެންވީމަ އެގޮތުން ބަލާއިރުގަ މިއަދާ ހަމަޔަށް އައިއިރުގަ އަޅުގަނޑުމެން ސުކޫކު ދައްކައިފިން 524 މިލިއަން ޑޮލަރު އަދި 400 މިލިއަންގެ ސްވޮޕް ޕޭކޮށްފިން .އަދި މިއަދަށް ޑިއުވެފައޮތް 50 މިލިއަން ޑޮލަރުގެ ލޯނުވެސް އަޅުގަނޑުމެން ޕޭކޮށްފިން 11 މެއިގަަ ޕޭ ކުރާގޮތަށް މިދިޔަ ސަރުކާރުން ނަގާއިފައިއޮތް 50 މިލިއަން ޑޮލަރު. އެއީ 17 މާޗް 2019 ނެގި 50 މިލިއަން ޑޮލަރު، 26 ޖޫން 2019 ގައި ނެގި 50 މިލިއަން ޑޮލަރު އަދި 1 އޮކްޓޯބަރު 2019 ގައި ނެގި 50 މިލިއަން ޑޮލަރު.. މިސަރުކާރު ފެށިގެން މީގެ ތެރެއިން އެއް 50 މިލިއަން ޑޮލަރު އަޅުގަނޑުމެން ސެޓްލް ކުރިން 7 ޖެނުއަރީ 2024 ގައި، މިއަދު ޕޭކުރަން އޮތް 50 މި ޕޭކުރީ“ ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މިހާތަނަށް ވަނީ އިންޑިއާގެ މި ދަރަނީގެ ތެރެއިން 100 މިލިއަން ޑޮލަރު ދައްކާފައެވެ. އެއީ މިއަހަރުގެ ޖެނުއަރީ 7 ގައި ދެއްކި 50 މިލިއަން ޑޮލަރާއި މިއަދު ދެއްކި 50 މިލިއަން ޑޮލަރެވެ. ބާކީ އޮތް 50 މިލިއަން ޑޮލަރު އަންނަ ސެޕްޓެމްބަރު 17 ގައި ދައްކާ އެއްކޮށް ޚަލާސްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

”މިއީ މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނި ދަންތުރައެއް. މި ’ޑެޓް ޓްރެޕް‘ އިން އަޅުގަނޑުމެން މިދަނީ ރައްޔިތުން ސަލާމަތްކުރަމުން،“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ދައުލަތުގެ މަތީ މަގާމުތައް އަދާކުރައްވާފައިވާ ބައެއް ބޭފުޅުން ރާއްޖޭގެ އިގްތިސާދާ މެދު ހަގީގަތެއް ނެތް ވާހަކަތައް ފަތުރާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ބޮޑެތި ދަރަނިތައް ދައްކަމުންދާއިރުވެސް، މުވައްޒަފުންގެ މުސާރައާއި، ތެލުގެ ޚަރަދާއި، ކާޑުގެ ބާވަތްތަކުގެ އަގު ހިފެހެއްޓުމުގެ އިތުރުން ބޭރުގައި ކިޔަވާ ކުދިންނަށް ފޮނުވަންޖެހޭ ފައިސާވެސް މެދުނުކެނޑި ދައްކަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަސައްކަތަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދަރަނި ފިލުވައި، ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި