Wednesday, 9 September 2026
Ads by

ޣައްޒާގައި އިޒްރޭލަށް ވާގިވެރިވާ ހަތިޔާރުއެޅި ޖަމާޢަތަކަށް ދިން ކުއްލިހަމަލާއެއްގައި 3 އިޒްރޭލު އެޖެންޓުން މަރާލައިފި

ޣައްޒާގައި އިޒްރޭލަށް ވާގިވެރިވާ ހަތިޔާރުއެޅި ޖަމާޢަތަކަށް ދިން ކުއްލިހަމަލާއެއްގައި 3 އިޒްރޭލު އެޖެންޓުން މަރާލައިފި

ރާދިޢު ފޯހުން ޝާއިޢުކޮށްފައިވާ ވީޑިއޯގެ ސްނެޕްޝޮޓެއް

މެއި 6 ވަނަ ދުވަހު ޚާން ޔޫނިސްގެ ދެކުނުގައި ދިން ކުއްލި ހަމަލާއެއްގައި، އިޒްރޭލަށް ވާގިވެރިވާ ޙުސާމް އަލް-އަސްތާލްގެ މިލީޝާގެ 3 އެޖެންޓުން މަރާލާފައިވާ ކަމަށް ޣައްޒާގައި އިޒްރޭލުގެ އެޖެންޓުންނާއި ކުރިމަތިލުމަށް ޚާއްޞަ ސެކިއުރިޓީ ގޮފި ރާދިޢު ފޯހުން ޝާއިޢުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފިއެވެ.

Ad Image
Ads by

އަލް-އަސްތާލް އަކީ ވެސްޓު ބޭންކުގައި ވެރިކަންކުރާ އިޒްރޭލުގެ ގޮނޑިކޮއްކޮ ސަރުކާރު  ”ފަލަޞްޠީނު އޮތޯރިޓީ“ ގެ ސަލާމަތީ ބާރުގެ ކުރީގެ އޮފިސަރެކެވެ. އޭނާއަކީ 1990 ގެ އަހަރުތަކުން ފެށިގެން އިޒްރޭލުގެ އިންޓެލިޖެންސާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ، އަދި 2018 ވަނަ އަހަރު މެލޭޝިއާގައި ފަލަޞްޠީނުގެ ސައިންސްވެރިޔާ ފާޟީ އަލްބަތުޝް މަރާލުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ.

2022 ވަނަ އަހަރު ގައްޒާގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނިކޮށް، އޭނާ ބަންދުކޮށްފައި ހުރި ތަނަށް އިޒްރޭލުން ދިން ހަމަލާތަކަކާ ގުޅިގެން އޭނާ ވަނީ މިނިވަންވެފައެވެ. އަދި 2025 ވަނަ އަހަރު އޭނާ އަލުން އާއްމުވެފައިވަނީ އަމިއްލަ ހަތިޔާރުއެޅި ޖަމާޢަތެއްގެ ލީޑަރެއްގެ ގޮތުގައެވެ. ދިރާސާކުރާ ފަރާތަކުން ސިފަކުރާ ގޮތުގައި، މިއީ ޣައްޒާގައި ހަރަކާތްތެރިވާ އިޒްރޭލަށް ވާގިވެރިވާ މިލީޝާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ޖަމާޢަތެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި