Sunday, 26 July 2026
Ads by

އިންތިޚާބުތަކާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙު ތަޞްދީޤު ނުކޮށް މަޖިލީހަށް ފޮނުވާލައިފި

އިންތިޚާބުތަކާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙު ތަޞްދީޤު ނުކޮށް މަޖިލީހަށް ފޮނުވާލައިފި

ރައީސް މުޢިއްޒު، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ - ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި ފަސްވަނަ އިޞްލާޙު ތަޞްދީޤު ނުކުރައްވާ އަނބުރާ މަޖިލީހަށް މިއަދު ފޮނުއްވަވައިފިއެވެ.

Ad Image
Ads by

ރައީސް އޮފީހުން ބުނީ ރައީސަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން ބިލު، އަނބުރައި ފޮނުއްވައިލެއްވީ، މައިގަނޑު ފަސް ސަބަބަކާ ގުޅިގެން ކަމަށެވެ.

  • މިހާރު ބިލު އޮތް ގޮތުން ވޯޓު ދޭ މީހުންގެ ލިސްޓު ގެޒެޓްކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާންމުކުރަން އޮތުން.
  • އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ”ފޯކަލް ޕޮއިންޓް“ ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު، އެ ފޯކަލް ޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަން، ފަދަ އެއްވެސް ތަފުސީލެއް ބިލުގައި ބަޔާންވެފައި ނެތުން.
  • ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އާ މަޖިލީހުގެ އިންތިޚާބުގެ ހުރިހާ ކަމެއް ނިންމަން ބުނެފައި ވީނަމަވެސް ބިލުގައިވާ ގޮތަށް އިންތިޚާބު ބާއްވާ ނަމަ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އިންތިޚާބުގެ ހުރިހާ ކަންކަން ނިންމާ ނުލެވުމުގެ އިހްތިމާލު އޮތުމުން އެފަދަ ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީ އާ ޚިލާފުވާނޭ ކަމެއް ކަމަށް ވުން.
  • ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލިސް މެންބަރުން ޤައުމުގެ މަސްލަހަތާ އެއްގޮތަށް ކަންކަން ކުރަން ބުނެފައި ވީނަމަވެސް އިންތިޚާބުގެ ތާރީޚަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތަކަށް ކަމަށް ބެލުމުގެ ފުރުސަތު އޮތުން.
  • އިންތިޚާބާ ބެހޭ ޤާނޫނާ މިގޮތަށް ކުޅެ އިންތިޚާބު ބާއްވާ ތާރީޚް ބަދަލު ކުރުމަކީ އިންތިޚާބާ މެދު އޮތް އިތުބާރު ގެއްލޭނެ ކަމަކަށްވުން.

ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް މި ބިލުގައި، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ތަޢާރުޟުވާ ކަންކަމާއި، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެކަންކަން އިޞްލާޙުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާތީ،“ – ރައީސް އޮފީސް

ރޯދަ މަހުގެ ތެރެއަށް އިންތިޚާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިޚާބު ބާއްވާނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އޮތް މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަސްވަނަ ޖަލްސާގައެވެ. އެ ބިލު ތަޞްދީޤު ކުރުމަށް މަޖިލީހުން ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12 ވަނަ ދުވަހުއެވެ.

ޤާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލު ފާސް ކުރާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލެއް ތަޞްދީޤު ކުރުމަށް ރައީސަށް ފޮނުވަން ޖެހެއެވެ. އެ ބިލު ރައީސަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި ތަޞްދީޤު ކުރަން ޖެހެއެވެ. އެ މުއްދަތު މިއަދަށް ހަމަވެއެވެ. އަދި ބިލު ތަސްދީޤު ނުކުރައްވާ ނަމަ، 15 ދުވަހުގެ ތެރޭގައި މަޖިލީހަށް އަނބުރާ ފޮނުވާލަން ޖެހެއެވެ.

ރައީސް ބިލު އަނބުރާ ފޮނުވާލުމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް ލިބެއެވެ. އެގޮތަށް ދެވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސްކޮށްފި ނަމަ ރައީސަށް އެ ބިލު ތަޞްދީޤު ކުރައްވަން ޖެހިވަޑައިގަންނަވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި