Saturday, 24 October 2026
Ads by

ނޭވާހިއްލުމަކީ އެ ބަލި ތަހައްމަލްކުރާ ފަރާތްތަކުން ކުރާ ބޮޑު ހަނގުރާމައެއް: މެޑަމް ސާޖިދާ

ނޭވާހިއްލުމަކީ އެ ބަލި ތަހައްމަލްކުރާ ފަރާތްތަކުން ކުރާ ބޮޑު ހަނގުރާމައެއް: މެޑަމް ސާޖިދާ

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު---

ނޭވާލުމަކީ އާންމުގޮތެއްގައި ފަސޭހަކަމާއެކު ކުރެވޭ ކަމަކަށްވީނަމަވެސް، ނޭވާހިއްލުމުގެ ބަލި ތަހައްމަލްކުރާ ފަރާތްތަކުން އެއީ ކޮންމެ ދުވަހަކު ކުރަންޖެހޭ ބޮޑު ހަނގުރާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެޑަމް ސާޖިދާ މި މޭރުމުން ވިދާޅުވީ ”ވޯލްޑް އެސްތްމާ ޑޭ 2026“ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ސިމްޕޯސިއަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދުނިޔޭގެ ނިސްބަތުން 260 މިލިއަނަށްވުރެ ގިނަ މީހުން ނޭވާހިއްލުމުގެ އުނދަގޫ ތަހައްމަލުކުރަމުންދާކަން ފާހަގަކުރައްވަމުން އެކަމަނާ ވަނީ ރާއްޖޭގައި ވެސް މި ބަލި ތަހައްމަލްކުރަމުންދާ ފަރާތްތައް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކުޑަކުދިންގެ މެދުގައި ނޭވާހިއްލުމުގެ ބަލި ވަރަށް އާންމު ކަމަށާއި، ބަލީގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މިންވަރު ވެސް އިތުރުވެފައިވާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން އެސްތްމާ އެޓޭކެއް ޖެހިދާނެކަމުގެ ބިރަށް މި ބަލި ތަހައްމަލްކުރަމުންދާ ގިނަ ކުދިން ކުޅިވަރާއި ހަރަކާތްތަކުން ދުރުވާން މަޖުބޫރުވެފައިވާކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، އެއްވެސް ކުއްޖަކީ އެ ކުއްޖެއްގެ ބަލީގެ ސަބަބުން މިނިވަންކަން ގެއްލި ބަންދުވެފައިވާ ކުއްޖަކަށް ވެގެންނުވާނެ ކަމަށެވެ.

މެޑަމް ސާޖިދާ ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭވާލާ ނިޒާމަށް ދިމާވާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ވައި ނުސާފުވުމާއި މޫސުމަށް އަންނަ ބަދަލުތަކަކީ ނޭވާހިއްލުން ފަދަ ބަލިތައް އިތުރުވުމަށް ދިމާވާ މައިގަނޑު ސަބަބުތައް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވެސް ފާހަގަކޮށްފައިވާކަން އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ބަލިތައް ރާއްޖޭގައި ވެސް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، މިއަދު ފެށި ސިމްޕޯސިއަމަކީ މިފަދަ ބަލިތަކުން ސަލާމަތްވުމަށް މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި